”ޗަޕާކް”ގެ ޓްރެއިލާ ނެރެފި

chhapaak-trailer-1.jpeg

ފިލްމް ''ޗަޕާކް ''ގައި ދިޕިކާ

އެސިޑްގެ ޝިކާރައަކަށްވި ލަކްޝްމީ އަގަރްވާލްގެ ހަޔާތުގެ މައްޗަށް ހަދާ ފިލްމު ”ޗަޕާކް” ގެ ޓްރެއިލާ ނެރެފިއެވެ.

މެގްނާ ގުލްޒާރު ޑިރެކްޓް ކޮށްފައިވާ މިފިލްމުގެ ލީޑު ރޯލްގެ ބައި އަދާކުރަނީ ދިޕިކާ ޕަޑުކޯން އެވެ. ދެއަހަރުގެ މެދުކެނޑުމަކަށް ފަހު ދިޕިކާގެ މި ފަހަރުގެ ފެނިލުމަކީވެސް އޭނާގެ ފިލްމަށް ލޯބިކުރާ ފަރާތްތަކަށް އުފާވެރި ޚަބަރަކަށް ވެގެންދާނެއެވެ. މިފިލްމުގެ ޓްރެއިލަރ އިން ފެނިގެންދަނީ ލަކްޝްމީގެ މޫނަށް އެސިޑް ޖެހުމަށްފަހު ދެން ދިމާވާ ކަންތައްތަކެވެ.

ފާހަގަކުރެވޭ ކަންތައް ތަކުގެ ތެރޭގައި އެސިޑްގެ ހަމަލާތައް ހުއްޓުވުމަށް ލަކްޝްމީ ކުރި ކެމްޕޭނުތަކާއި އެސިޑް ވިއްކުން މަނާކުރުމަށް އޭނާ ކުރާ މަސައްކަތްވެސް ދައްކުވައިދެއެވެ. ޓްރެއިލާ އާއްމު ކޮށްފައިވަނި އަންގާރަ ދުވަހުއެވެ. މި ފިލްމް ސްކްރީން ތަކަށް އަންނާނީ އަންނަ ޖެނުއަރީ 10 ގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top