ކައުންސިލް އިންތިޚާބުގެ ދާއިރާތައް މިމަސް ނިމުމުގެ ކުރިން އިއުލާން ކުރެވޭނެ: އިލެކްޝަންސް

i2rBQLMoB86u3nUJt2cb.jpg

ލޯކަލް ކައުންސިލްގެ އިންތިހާބާބެހޭ ގައުމީ ލަފާދޭ ކޮމެޓީން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން - އިލެކްޝަންސް ކޮމިޝަން

އަންނަ އޭޕްރީލް މަހު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލުތަކުގެ އިންތިޚާބުގެ ދާއިރާތައް މި މަހުގެ ފަހު ހަފުތާގެ ތެރޭގައި އިއުލާން ކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ލޯކަލް ކައުންސިލުތަކުގެ އިންތިޚާބާ ބެހޭ ލަފާދޭ ގައުމީ ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު މިއަދު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމާފައި ވަނީ އަންނަ ޖެނުއަރީ މަހުގެ މެދުތެރޭގައި އިންތިޚާބީ ދާއިރާތައް އިއުލާން ކުރުމަށެވެ. ނަމަވެސް މިކަން އަވަސް ކުރަންޖެހުނީ ސިޔާސީ ބައެއް ޕާޓީތަކުން ވީހާ އަވަހަކަށް އެޕާޓީތަކުގެ ޕްރައިމަރީ ބޭއްވުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކާއެކު ބޭއްވި ބައްދަލުވުމުގައި ބައެއް ޕާޓީތަކުން ބުނެފައިވާތީ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ އިންތިޚާބީ ދާއިރާތައް، ކަނޑައެޅި، މިމަހުގެ ފަހު ހަފުތާގައި އިޢުލާން ކުރެވުމާއެކު، ސިޔާސީ ޕާޓީތަކަށް ޕްރައިމަރީ ބޭއްވުމަށް މަދުވެގެން ދެ މަސްދުވަސް ލިބޭނެ ކަމަށެވެ.

ލޯކަލް ކައުންސިލުތަކުގެ އިންތިޚާބު ބޭއްވުމުގެ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން ވަމުންދާއިރު، އިންތިޚާބު ބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top