ކައުންސިލުތަކުގެ 33 އިންސައްތަ އަންހެނުންނަަށް

b_ye3UjT1z3BsN5NBpHzJGZqYjf.jpg

ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު --ފޮޓޯ : ރައީސް އޮފީސް

ލޯކަލް ކައުންސިލުތަކުގެ 33 އިންސައްތަ އަންހެނުންނަށް ހާއްސަކުރަން ނިންމާފައިވާކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ “އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް 2019” ހުޅުވުމަށްޓަކައި މިއަދު ހެނދުނު ހުޅުމާލެ ހުރަވީ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ްއެމަނިކުފާނުގެ ވާހަކަފުޅުގައި، އަންހެނުންނަކީ ލާމަރުކަޒީ ނިޒާމުގެ އެއްބައި ކަމަށާ ތަރައްގީގެ ކަންކަމުގައި އަންހެނުންނާއި ޒުވާނުންގެ ރޯލު ފުޅާކޮށް، މުޖުތަމައުގެ ކުރިއެރުމަށް އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން، އަންހެނުންގެ ބަހަކީ ފިރިހެނުންނެކޭ އެއް ހަމައެއްގައި މުހިންމު އެއްޗެއްކަން ދެނެގަނެ، ސިޔާސީ ގޮތުން އަންހެނުންގެ ބާރުވެރިކަން އިތުރުކޮށް، ލާމަރުކަޒީ ނިޒާމަށް ގެންނަން މި ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި، ރަށު އަދި ސިޓީ ކައުންސިލް ގޮނޑީގެ 33އިންސައްތަ އަންހެނުންނަށް ހާއްސަކުރުމަށް ނިންމާފައިވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިޖްތިމާއީ އެތައް މައްސަލަތަކެއް ހައްލު ކުރެވެން އަންނަނީ، ރާއްޖޭގެ އެކި ސަރަޙައްދުތައް ތަރައްގީކުރެވި، ވަޒީފާތައް އުފެދި، ރަށްތަކުގެ ފުދުންތެރިކަން އިތުރު ކުރެވިގެން ކަމަށް ވާތީ އެކަންކަން ކުރެވޭނީ، ޒަމާނުއްސުރެ މާލެއަށް ޖަމާކޮށްފައިވާ ބާރުތައް ދޫކޮށްލެވިގެން ކަމަށެވެ.

“ރަށްރަށުގެ އިހްތިސާސުގައި ހިމެނޭ ތަންތަނުގެ ކުލީގެ އާމްދަނީ އާއި ބިމާއި ރަށާއި ފަޅާއި ފަރު ފަދަ ތަންތަނުން ލިބޭ ކުލީގެ އާމްދަނީގެ 40 ޕަސަންޓު، އަދި މީހުން ދިރިއުޅޭ ރަށްރަށުގެ އިހްތިސާސްގައި ހިމެނޭ ބިމު ކުލީގެ 100 ޕަސަންޓު ކައުންސިލަށް ދޫކޮށްލެވޭނެ. އަދި ކައުންސިލުތަކުން ނަގާ ފީގެ އާމްދަނީ ވަންނާނީ ސީދާ ކައުންސިލުތަކަށް،” ރައީސް ސޯލިހު ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top