ޓެކްނީޝަނުން ތަމްރީނު ކުރުމުގެ ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ggg-800x450-800x450.jpg

އޭދަފުށީ އިންޖީނުގޭގެ އިންޖީނަކަށް ދިމާވި މައްސަލައެއް ހައްލުކުރުމުގެ މަސައްކަތް އިންޖީނުގޭގެ ޓެކްނިކަލް ޓީމުން ކުރަނީ. / ފޮޓޯ: އޭދަފުށީ ވޮއިސް

1500 ޓެކްނީޝަނުން ތަމްރީނު ކުރުމުގެ ކޯހަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފެނަކަ ކޯޕަރޭޝަން އާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދު ތަކަށް ހުޅުވާލައިގެން ބާއްވާ މިކޯހުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހެއެވެ.

ސެޓްފިކެޓް ތިނެއްގެ ލެވެލް އަށް ކިޔަވައިދޭ މި ކޯހުގެ މުއްދަތަކީ ހަ މަސް ދުވަހެވެ.

މިކަމާ ބެހޭ ގޮތުން މޯލްޑިވްސް ޕޮލިޓެކްނިކުން މިއަދު ކުރި އިއުލާނެއްގައި ބުނާ ގޮތުން  ކޯހުގައި ބައިވެރިވުމުގެ މައިގަނޑު ޝަރުތަކީ ގްރޭޑް ހައެއް ފުރިހަމަ ކޮށްފައިވުން ނުވަތަ ލެވެލް ދޭއްގެ ސަނަދެއް ހާސިލް ކޮށްފައިވުމެވެ.

އެހެނިހެން ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ 18 އަހަރުވެފައިވާ އަދި އިނގިރޭސި އާއި ދިވެހި ބަހުން ލިޔަންކަން ދަންނަ މީހަކަށް ވުމެވެ.

ޕޮލިޓެކްނިކުން ބުނީ، ކޯހުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ލިޔުންތައް ހުށަހަޅާނީ މާލޭގައި ނަމަ މޯލްޑިވްސް ޕޮލިޓެކްނިކަށް ނުވަތަ އެ އިންސްޓިޓިއުޓްގެ މެއިލަށް ކަމަށެވެ.

މި ކޯހަށް ކުރިމަތިލާ ފޯމު އަތޮޅު ތެރޭގައިނަމަ ޕޮލިޓެކްނިކުން ކ. ތުލުސްދޫ، އައްޑޫ ސިޓީ، ގއ. ވިލިނގިލި އަދި ރ. އަލިފުށިގައި ހިންގަމުން އަންނަ ކެމްޕަސްތަކުގެ އިތުރުން ފެނަކަ ކޯޕަރޭޝަނުން ހިދުމަތް ދެމުން ގެންދާ ބްރާންޗު ތަކަށާއި ރަށު ކައުންސިލް ތަކަށް ވެސް ފޯމް ހުށަހެޅޭނެ ކަމަށް ޕޮލިޓެކްނިކުން ބުނެއެވެ.

އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ އެ ކޯހަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 27 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އެވެ.

މި ކޯސް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top