”ފްރެންޑްމީ”ގެ ތިންވަނަ ފިހާރަ ހުޅުވައިފި

1-1.jpg

އޭދަފުށީގައި ފުޅާ ދާއިރާ އެއްގައި ގާމެންޓް ވިޔަފާރި ކުރަމުން އަންނަ ‘ފްރެންޑް މީ” ގްރޫޕްގެ ތިންވަނަ ފިހާރަ “ފްރެންޑްމީ ވެއަރ” ރޭ އޭދަފުށީގައި ހުޅުވައިފިއެވެ.

ކިޗަން ވެއަރ އާއި ކުޑަކުދިންނަށް ބޭނުންވާ ސާމާނު މައިގަނޑު މުދަލެއްގެ ގޮތުގައި ވިއްކުމަށް ޚާއްސަކޮށް ގެން މި ފިހާރަ ހުޅުވުމުގެ މުނާސަބަތުގައި ރޭ ވަނީ %15 ގެ ޑިސްކައުންޓެއް ދީފައެވެ.

ފްރެންޑްމީ ގްރޫޕް ގެ ފުރަތަމަ ފިހާރަ ހުޅުވާފައިވަނީ “ފްރެންޑް މީ” ގެ ނަމުގައި މީގެ ހަ އަހަރު ކުރިންނެވެ. ގާމެންޓަށް ޚާއްސަކޮށްގެން ހުޅުވި ފިހާރަ މީހުންގެ މެދުގައި ބޮޑު މަގްބޫލު ކަމެއް ހޯދާފައިވަނީ އެފިހާރައިން ވިއްކާ ތަކެތީގެ ފެންވަރު ރަނގަޅު ވުމާއި ޚިދުމަތުގެ ފެންވަރު ރަނގަޅުވުމުން ކަމަށް ގިނަ ބަޔަކު ފާހަގަ ކުރެއެވެ. އޭގެ ނަތީޖާ އެއްގެ ގޮތުން “ފްރެންޑްމީ ސްޓައިލް” ގެ ނަމުގައި ދެވަނަ ފިހާރައެއް މިދިޔަ އަހަރު އުފަންވެގެން ދިޔައެވެ.

ރޭ ހުޅުވުނު “ފްރެންޑް މީ ވެއަރ” ވެސް ވެގެންދާނީ ފެންވަރު ރަނގަޅު، ބްރޭންޑަޑް ތަކެތި އެކަށީގެންވާ އަގެއްގައި ލިބެން ހުންނާނެ ފިހާރައެއް ކަމަށް ފްރެންޑް މީ ގްރޫޕުން ބުނެއެވެ. ފްރެންޑްމީ ގްރޫޕްގެ މައިގަނޑު އަމާޒަކީވެސް އެއީ ކަމަށް އެގްރޫޕުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top