އެސްޓީއޯއިން ވިއްކަމުންގެންދާ ގޮދަން ފުށުގެ ބެޗެއްގައި ނުބައި ވަހަކާއި ރަހައެއް ހުންނާތީ އެކަން ބަލަމުން އަންނަ ކަމަށާ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތީރިޓީ (އެމްއެފްޑީއޭ ) އިން އިލްތިމާސް ކޮށްފިއެވެ.
އެ އޮތޯރިޓީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެސްޓީއޯ އިން ވިއްކަމުން ގެންދާ ގޮދަން ފުށުގައި މައްސަލަ ހުރީ ހަމަ އެކަނި ބެޗް ނަންބަރު 17016853 ގެ ފުށުގައި އެކަނި ކަމަށާ އެހެން ބެޗް ތަކުގެ ފުށުގައި މައްސަލައެއް ނެތް ކަމަށެވެ.
https://twitter.com/MFDA_mv/status/1059790083459448832
އެސްޓީއޯ އިން އާއްމުކޮށް ރާއްޖެ އަށް ގޮދަން ފުށް އެތެރެކުރަމުން ގެންދަނީ އިންޑިއާ އިންނެވެ.




