ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި

sato-petrol.jpg

ސަރުކާރުގެ ވިޔަފާރި ކުންފުނި ،އެސްޓީއޯ އިން ވިއްކަމުން ގެންދާ ޑީސަލާއި ޕެޓްރޯލްގެ އަގު މިއަދު ހެޔޮކޮށްފިއެވެ.

މިކަމާ ގުޅިގެން މިއަދު އެސްޓީއޯއިން ނެރުނު ބަޔާނެއްގައި ބުނީ ފަހަކަށް އައިސް ތެލުގެ އަގު އުފުލެމުން ދިޔަ ނަމަވެސް ތެލުގެ އަގު ހެޔޮކުރަން ނިންމީ ދުނިޔޭގެ ބާޒާރުގައި މި ވަގުތު ތެލުގެ އަގު ހެޔޮވުމުން ކަމަށެވެ.

އެގޮތުގެ މަތިން މިއަދުން ފެށިގެން އެސްޓީއޯ އިން ޑީސަލް ލިޓަރެއް ވިއްކާނީ 11.99 ރުފިޔާ އަށެވެ. މިއީ ކުރިން ވިއްކަމުން އައި އަގަށް ވުރެ ލިޓަރަކުން 10ލާރީގެ ހެޔޮވުމެކެވެ. އަދި ޕެޓްރޯލް ލިޓަރެއް ވިއްކާނީ ލިޓަރެއް 11.19 ރުފިޔާ އަށެވެ. މިއީ ލިޓަރަކުން 20 ލާރީގެ ހެޔޮވުމެކެވެ.

މިދިޔަ މެއި މަހުން ފެށިގެން ހަތަރު ފަހަރެއްގެ މަތިން އެސްޓީއޯ އިން ވަނީ ތެލުގެ އަގު ބޮޑު ކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top