ކެންދޫގައި މިސްކިތެއް އަޅަން ހަވާލުކޮށްފި

capture-11.jpg

ބ.ކެންދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް އަޅަން ފާސްޓްލައިން ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާއި ހަވާލުކޮށް1ފި އެވެ.

މިސްކިތް އެޅުމަށް އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭއްވި ރަސްމިޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީއެވެ.

މި އެއްބަސްވުމުގެ ދަށުން 500 މީހުންގެ ޖާގައިގެ މިސްކިތެއް އެޅުމަށް އެކުންފުންޏަށް ދީފައިވާ މުއްދަތަކީ 365 ދުވަސްކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

މި މަޝްރޫއު ހިންގަނީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުންނެވެ. މި މަޝްރޫއުގެ އަގަކީ 15,424,823.52 ރުފިޔާއެވެ.

މިނިސްޓްރީން ވިދާޅުވީ މިއީ އަންހެނުންނާއި ފިރިހެނުންނަށްވެސް ނަމާދުކުރެވޭ ގޮތަށް ބިނާކުރެވޭ މިސްކިތެއް ކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top