ރާއްޖޭގައި ހަކުރުބަލިޖެހޭ އަންހެނުން ނިސްބަތުންގިނަ

ހަކުރުބައްޔާ ބެހޭ މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލު ވުމެއްގެ ތެރެއިން.

ހަކުރުބައްޔާ ބެހޭ މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލު ވުމެއްގެ ތެރެއިން.

ރާއްޖޭގައި ހަކުރުބަލިޖެހޭ މީހުންގެ އަދަދު 4 އިންސައްތައިގާ އުޅޭއިރު މީގެ ތެރޭގައި ގިނައީ އަންހެނުންކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ )އިން ބުނެފިއެވެ.

އެޗްޕީއޭގެ ސީނިއަރ މެޑިކަލް އޮފިސަރ ޑރ.ރަޒާނާ ފާއިޒު ވިދާޅުވި ގޮތުގައި ރާއްޖޭގައި ހަކުރުބަލި ގިނަވަމުން ދިޔަ ކަމުގައި ވިޔަސް މި ބަލިން ރައްކާތެރިވެވިދާނެ އެވެ. ގަވާއިދުން ކަސްރަތު ކުރުމާ ކެއުން ބުއިމުގައި  ބަލައިގެން ސިއްހަތަށް ރަނގަޅު ކާނާ ބޭނުންކުރާނަމަ 70އިން ސައްތަ މީހުންނަށް މިބަލިން ސަލާމަތްވެވިދާނެއެވެ.

ހަމަމިގޮތަށް ދުރާލާއި ހަކުރު ބަލި ދެނެގަތުމަށް ސްކްރީން ކުރުމަކީވެސް ހަކުރުބަލިން ދިފާއުވުމަށްއެޅޭ މުހިއްމު ފިޔަވަޅެއްގެ ގޮތުގައި އެކަމަނާ ފާހަގަ ކުރެެއްވިއެވެ.

ދިރާސާތަކުން ދައްކާގޮތުގައި 2035ވަނައަހަރު އަންނަންވާއިރަށް ދުނިޔޭގައި ހަކުރުބަލީގެ 600 މިލިއަން މީހުން އުޅޭނެއެވެ.

ހަކުރު ބަލި ޖެހެނީ ލޭގައި ހަކުރު އެކުލެވެންޖެހޭ މިންވަރު މަތި ވުމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top