އިކޮނޮމިކް މިނިސްޓްރީގެ ޓީމެއް ބ. އަތޮޅުގައި

އިކޮނޮމިކް މިނިސްޓްރީގެ ޓީމް ބ. އަތޮޅުގައި ހަރަކާޔްތެރިވަނީ.

އިކޮނޮމިކް މިނިސްޓްރީގެ ޓީމް ބ. އަތޮޅުގައި ހަރަކާޔްތެރިވަނީ.

އަންނަ ޑިސެެމްބަރު މަހު ބާއްވަން ހަމަޖެހިފައިވާ ދިވެހި އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒާބެހޭ މައުލޫމާތު ދިނުމަށް އިކޮނޮމިކްމިނިސްޓްރީގެ ޓީމެއް ބ.އަތޮޅުގައި ހަރަކާތްތެރިވަމުން އެބަދެއެވެ.

އީވީއާ މައުލުމާތު ހިއްސާކުރަމުން މިޓީމްގައި ހިމެނޭ އެމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އާދަމް ތައުފީގު ވިދާޅުވީ މި ދަތުރަކީ ބ. އަތޮޅުގެ ބައެއް ރަށްރަށުގައި މައުރަޒުގެ ތައްޔާރީތައް ހިނގާ ގޮތް ބަލައި އެކަމާގުޅިގެން އެފަރާތްތަކުން ބޭނުންވާ މައުލޫމާތުތައް ފޯރުކޮށްދިނުމާއި ދިނުމާއި މައުރަޒާބެހޭ ކަންތައްތައް ރޭވިފައިވާ ގޮތުގެ ތަފްސީލު ސާފުކޮށްދިނުމުގެ ގޮތުން ކުރާ ދަތުރެއްކަމުގައެވެ.

” މީގެ ކުރިން އޮންނަނީ އަތްތެރިމަސައްކަތުގެ މައުރަޒު. އެހެންނަމަވެސް މިފަހަރު ތަފާތުވާނެ ވަރަށް ގިނަ ގޮތްގޮތުން. މި އަހަރު މި އޮންނަނީ ދިވެހި އުފެއްދުން ތެރިކަމުގެ ގައުމީމައުރަޒު. މި މައުރަޒުގައި 2012 ގެ ފަހުން އުފައްދާފައިވާ ދިވެހި ކޮންމެ އުފެއްދުމެއްވެސް ބައިވެރި ކުރެވޭނެ. ” އާދަމް ވިދާޅުވިއެވެ.

އާދަމް ވިދާޅުވީ މިފަހަރުގެ މައުރަޒުގައި މައިގަނޑު ހަ ދާއިރާއަކުން 65 ގިންތީގެ ތަކެތި ބައިވެރި ކުރުމަށް ހަމަޖެހިފައިވާ ކަމުގައެވެ. އަދި ކުރީފަހަރުތަކާ ޚިިލާފަށް މިފަހަރުގެ މައުރަޒުގައި ބައިވެރިކުރާތަކެތީގެ ތެރެއިން ވަނަތަކަށް ހޮވޭ ފަރާތްތަކަށް އެރޮގުގައި ކުރިއަށް ދިއުމަށް ސަރުކާރުން އެހީވެދޭނެކަމަށާއި މި ނޫނަސް މި މައުރަޒުގައި ބައިވެރިވުމުން ގިނަ ފުރުސަތުތަކެއް ހުޅުވިގެން ދާނެކަމަށް އާދަމް ވިދާޅުވިއެވެ.

ދިވެހި މަސައްކަތްތެރިކަމުގެ ގައުމީމައުރަޒެއް މި ބާއްވަނީ 12 އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ. މިއަހަރުގެ މައުރަޒުއޮންނާނީ އަންނަ ޑިސެމްބަރ 22 ގައި ދަރުބާރުގޭގައެވެ. މިއީ މިގޮތުން ބާއްވާ 33ވަނަ މައުރަޒެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top