ސާފް ސުޒުކީ ކަޕް އޭދަފުއްޓަށް ގެންނާނެ

India-vs-Maldives-pic-credits-twitter.jpg

ގަދަފަދަ އިންޑިއާ ބަލިކޮށް ދިވެހި ގައުމީ ޓީމް ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމުގައި އޭދަފުށީގެ މި ދެކުޅުންތެރިންގެ ހިއްސާ ބޮޑު

ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން ނިސްބަތްވާ ރަށް ރަށަށް ތަށި ގެންދާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަލީ ޖަލީލު ވިދާޅުވެއްޖެއެވެ.

ގައުމީ ޓީމްގައި އޭދަފުށީގެ ދެ ކުޅުންތެރިން ހިމެނޭ އިރު މިހާރުވެސް އޭދަފުށި އަންނަނީ މި ތަށި އޭދަފުއްޓަށް ގެންނާނެ ދުވަހަށް ޚާއްސަ އިހުތިފާލު ތަކެއް ބޭއްވުމުގެ ތައްޔާރީތައް ކުރަމުންނެވެ.

ސާފް ސުޒުކީކަޕް ގެ ފައިނަލްގައި 2-1ގެ ނަތީޖާއިން އިންޑިއާ ބަލި ކުރުމަށްފަހު ސާފް ސުޒުކީ ކަޕް ގެ ކާމިޔާބާ އެކު ދިވެހި ގައުމީ ޓީމް މާލެ އައުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ. އެކަމުގެ އުފާ ފާޅު ކުރުމުގެ ގޮތުން ސަރުކާރުން ވަނީ މާދަމާ އަކީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަާފަ އެވެ.

ރާއްޖޭން 2008 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކުރުމުން މުބާރާތުގެ ތަށި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ގެންދިޔަ އެވެ. އެއީ ސަރުކާރުން އެ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކުރިއަށް ގެންދިޔަ ކަމެއް ކަމަށް ބުނެ އެއް ބަޔަކު އެކަމަށް ފާޑުކިޔެވެ.

“އަޅުގަނޑުމެންގެ ގައުމީ ޓީމަކީ ވަރަށް ގައުމީވަންތަ ޓީމެއް. އޭގެ މާނައަކީ އެކި ރަށްރަށުން މި ގައުމީ ޓީމުގެ ކުޅުންތެރިން އެބަ ހިމެނެޔޭ. މި ހުރިހާ ރަށަކަށް އަޅުގަނޑު ވަރަށް ބޭނުން އެ ކުޅުންތެރިންނާ އެކީގައި ތަށި ގެންދިއުމަށް. އިރާދަކުރެއްވިއްޔާ އެފްއޭއެމް ފަރާތުން މި އިންތިޒާމް ހަމަޖެހިގެންދާނެ. “ބައްސާމް ވިދާޅުވި އެވެ.

އީވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފައިނަލް މެޗުގައި ކުޅެފައިވަނީ މުޅިންވެސް އަތޮޅުތެރޭގެ ކުޅުން ތެރިންނެވެ.

ގައުމީ ފުޓްބޯޅަ ޓީމް މާދަމާ ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖައްސާ އޭ380 ގެ މަތިންދާ ބޯޓުގަ އެވެ. އެ ބޯޓުގެ ކައްޕިތާނަކީ ދިވެހި ފުޓްބޯޅައިގެ އާއިލާއަކަށް ނިސްބަތްވާ މއ. ޝޭޑީކެބިން އަލީ އަހްސަން އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top