ގޯތި ދޫކުރުން ލަސްވެގެން ތުޅާދޫ ރައްޔިތުންގެ ބަޔަކު އިހްތިޖާޖު ކޮށްފި

21942053_10155238214858402_515974178_n.jpg

ތުޅާދޫ ކައުންސިލް އިދާރާގެ ތެރޭގައި އެރަށުގެ ބަޔަކު މިއަދު އިހްތިޖާޖު ކުރަނީ / ފޮޓޯ: އޭދަފުށީ ވޮއިސް

ތުޅާދޫގައި ހިއްކި ބިމުން ގޯތި ލިބުން ލަސްވާތީ އެކަމާ ދެކޮޅަށް ރައްޔިތުންގެ ބަޔަކު ނުކުމެ ރަށު ކައުންސިލް އިދާރާ ކައިރީގައި އިހްތިޖާޖްކޮށްފިއެވެ.

މިކަމާ ގުޅިގެން ތުޅާދޫ ކައުންސިލްގެ ރައީސް އަހްމަދު ރަޝީދު ވިދާޅުވީ ރައްޔިތުންގެ ބަޔަކު އިހްތިޖާޖު ކުރީ 2010 ވަނަ އަހަރު އެރަށުން ހިއްކި 17 ހެކްޓަރުގެ ބިމުން ގޯތި ދޫކުރުންލަސްވާތީ ކަމަށެވެ.

އޭނާ ވިދާޅުވީ ގޯތި ދޫނުކުރެވިގެން އުޅެނީ ހައުސިން މިނިސްޓްރީން ލިބެން ޖެހޭ ހުއްދައެއް ނުލިބިގެން ކަމަށާއި ވަރަށް ގިނަ މަސައްކަތް އެކަމާގުޅޭ ގޮތުން ކުރެވިއްޖެކަމަށާއި އެކަމަކު އެ ހުއްދަ ލިބޭނެ ގޮތެއް ނުވިކަމަށެވެ.

ހައުސިން މިނިސްޓްރީން ހުއްދަ ނުދިނުމުން ގޯތި ދޫކުރެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް ރައީސް އޮފީހުގައި ދެންނެވުމުން އެ އޮފީހުން ވިދާޅުވީ ހައުސިން މިނިސްޓްރީއާ ވާހަކަ ދައްކައިގެން އެކަން ކުރިއަށް ގެންދިއުމަށް ކަމަށް ރައީސް ރަޝީދު ވިދާޅުވި އެވެ.

“އެއްވެސް ކުރިއެރުމެއް ނުލިބި މިކަން ދިގުލައިގެންދާތީ މާލެ ގޮސް ހައުސިން މިނިސްޓަރާ ބައްދަލުކުރުމަށް ކައުންސިލަރުން މަސައްކަތް ކުރިނަމަވެސް މިނިސްޓަރާ ބައްދަލުކުރެވޭ ގޮތެއް ނުވި،” އަހުމަދު ރަޝީދު ވިދާޅުވި އެވެ.

އިހްތިޖާޖުގައި ބައިވެރިވި މީހަކު ބުނީ ތުޅާދޫ ބިންހިއްކާފައިވަނީ ރައްޔިތުންނަށް ގެދޮރު ދޭން ކަމަށްވާއިރު މިހާ ގިނަދުވަސް ވެގެންދާއިރު އަދިވެސް ގޯތި ދޭން ނުފަށާ އޮތްކަމީ އެތައް އާއިލާއެއްގެ ތެރޭގައި ބޮޑެތި މައްސަލަތަކެއް އުފެދިފައިވާ ކަމެއްކަމަށާއި އޭގެ ތެރެއިން އޭނާއަކީ އެކއްކަމުށް އޭނާ މައުލޫމާތު ދިނެވެ.

“އަޅުގަނޑުމެން އިހްތިޖާޖަށް ނުކުތީ މިކަހަލަ ކަންތައްތަކާ ހުރެ ކެތްތެރިކަން ކޮޅުން ލައިގެން ދިއުމުން. . މިކަމުގައި ކުރިއެރުމެއް ލިބެންދެން އިހްތިޖާޖު ކުރިއަށް ގެންދާނަން.” އިހްތިޖާޖުގައި ބައިވެރިވި މީހަކު ބުންޏެވެ.

އެކަމާގުޅޭ ގޮތުން ހައުސިން މިނިސްޓްރީގެ މީޑިއާ ކޮންސަލްޓަންޓް އަހުމަދު ފަޒާލް ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ވިދާޅުވީ ތުޅާދޫ ކައުންސިލްގެ ރައީސް ދައްކަވަނީ ރަނގަޅު ވާހަކައެއް ނޫން ކަމަށާއި ގޯތި ދޫކުރުމާ ގުޅޭ ގޮތުން އެ ކައުންސިލާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top