”މެޑްޓެކް ހޯމްކެއާ“ޝޯރޫމް ހުޅުވައިފި

large_1656445701162Ytg.jpg

މެޑް ޓެކް ހޯމްކެއާ ޝޯރޫމް -- ފޮޓޯ: ސަން/ހައްމަދު ހައްޔާން

މެޑްޓެކް މޯލްޑިވްސް އިން، މެޑްޓެކް ހޯމްކެއާގެ ނަމުގައި މާލޭގައި އާ ޝޯރޫމެއް ހުޅުވައިފިއެވެ.

މި ޝޯރޫމުން އާދައިގެ ވީލްޗެއާ އާއި އިލެކްޓްރިކް ވީލްޗެއާ އަދި ބަލިމީހުން ބާއްވަން ހާއްސަ އެނދާއި، ގޮދަޑީގެ އިތުރުން ވަރަށް ގިނަ ދާއިރާތަކުން ސިއްހީ ކަންކަމަށް ބޭނުންވާ ސާމާނު ލިބެން ހުރެއެވެ.

އޭގެ ތެރޭގައި ސިއްހީ އުފެއްދުންތަކަށް މަޝްހޫރު ބްރޭންޑް”މަދާކެއާ“ އިން ފެށިގެން ގޮސް އުމުރުން ދުވަސްވީ މީހުންނަށް އަޅާލަން ބޭނުންވާ އެލްޑާލީ ކެއާ ގެ އުފެއްދުންތައް ވެސް ލިބެން ހުންނާނެ ކަމަށް އެކުންފުނިން މައުލުމާތު ދެއެވެ.

މެޑް ޓެކް ހޯމްކެއާ ޝޯރޫމް –ފޮޓޯ: ސަން /މުހައްމަދު ހައްޔާން

އޭގެ އިތުރުން ނޭވާލުމުގެ ނިޒާމުގެ މައްސަލަ ހުންނަ މީހުންނަށް ބޭނުންވާ ރެސްޕިރޭޓަރީ ތެރަޕީ އިކުއިޕްމަންޓްސް އާއި ސިއްހީ ކަންކަން މޮނީޓާ ކުރަން ބޭނުންކުރާ ވައިޓަލް ހެލްތު މޮނީޓަރިން ޑިވައިސް އަދި ވެއިޓް މެނޭޖްމަންޓާ ގުޅުންހުރި ގިނަ ޕްރޮޑަކްޓްތަކެއް އެ ތަނުން ލިބެން ހުރެއެވެ.

މެޑްޓެކް ޝޯރޫމް ހުންނާނީ އެމްޑަބްލިއުއެސްސީ ހެޑް އޮފީސް ކުރިމައްޗަށް އޮންނަ ނިކަގަސް ހިނގުމުގައެވެ.

މެޑްޓެކް ހޯމްކެއާ އިން، އެންސްޕާގެ އެހީތެރިކަމާ އެކު ސާމާނު ގަންނަ މީހުންނަށް އެ ފުރުސަތު ވެސް  ވަނީ ފަހިކޮށްދީފައެވެ.

މެޑްޓެކް ހޯމްކެއާގެ މެނޭޖަރު މުހައްމަދު ސަބާހު ވިދާޅުވި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ ޒަމާނީ ޕްރޮޑަކްޓްތަކާއެކު ގިނަ ބައެއްގެ ދިރިއުޅުން ބަދަލު ކޮށްލުމެވެ.

ސަބާހު ވިދާޅުވީ މެޑްޓެކް ހޯމްކެއާއިން ވިއްކާ ޕްރޮޑަކްޓްތަކަށް އާފްޓާ ސޭލް ސާވިސް ދޭނެ ކަމަށެވެ. އެގޮތުން ޕްރޮޑަކްޓްތައް ގަންނަ ކަސްޓަމަރުންނަށް ބޭނުންވާ ސަޕޯޓާއި މެއިންޓެނެންސް ޚިދުމަތް ވެސް މެޑްޓެކް ހޯމްކެއާއިން ދޭނެ ކަމަށް ޞަބާހު ވިދާޅުވިއެވެ.

މެޑް ޓެކް ހޯމްކެއާ ޝޯރޫމް — ފޮޓޯ: ސަން/ މުހައްމަދު ހައްޔާން

މެޑްޓެކް ހޯމްކެއާ، ހުކުރު ދުވަސް ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00އިން 18:00އަށް އަދި ރޭގަނޑު 20:00އިން 22:00އަށް ހުޅުވާފައި ހުންނާނެއެވެ. އަދި މެޑްޓެކް ހޯމްކެއާގެ ވެބްސައިޓުންވެސް ޝޯރޫމުން ލިބެން ހުންނަ ޕްރޮޑަކްޓްތައް ބަލައިލެވޭނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top