އޭދަފުށީ ކޭބަލް ނެޓްވާރކް ޕްރައިވެޓް ލިމިޓެޑްގެ ނޫސްބަޔާން

އޭދަފުށީ ކޭބަލް ނެޓްވޯކުން ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައާއި ގުޅޭ

އޭދަފުށީ ކޭބަލް ނެޓްވާރކް ޕްރައިވެޓް ލިމިޓެޑުން ބްރޯޑްކާސްޓިންގ ކޮމިޝަނާއި ދެކޮޅަށް 2018 ޑިސެމްބަރ 10ގައި ސިވިލްކޯޓަށް ހުށަހަޅާފައިވާ މައްސަލަ އިއްޔެވަނީ ކޯޓުން ނުބަލާ ދޫކޮށްލާފައެވެ. ދިރާގު ޓީވީގެ ލައިސަންސާއި ގުޅޭގޮތުން އެންމެ ފުރަތަމަ މައްސަލަ ބަލައިދިނުމަށް އެދި ބްރޯޑްކާސްޓިންގ ކޮމިޝަނަށް އަޅުގަނޑުމެން ހުށައެޅީމުއެވެ. ނަމަވެސް އެ ކޮމިޝަނުން ވަނީ މައްސަލަ ބެލުމަށް ދެކޮޅުހަދާފައެވެ. މިއީ ރީބްރޯޑްކާސްޓަރުންގެ މެދުގައި ކޮމިޝަނުން ތަފާތު ކުރުން ގެންގުޅޭ ކަން ޔަގީން ވި ކަމެކެވެ.

ބްރޯޑްކާސްޓް ކޮމިޝަނުން ދިރާގަށް ދޫކޮށްފައިވާ ލައިސަންސަކީ ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ ދަށުން ބާތިލުވާނޭ ލައިސެންސެއް ކަމުގައި އަޅުގަނޑުމެން ގަބޫލުކުރަމުއެވެ. ގަވާއިދުގައިވާ ގޮތުގެ މަތިން ލައިސަންސް ލިބޭތާ ބާރަ މަސްދުވަހުގެ ތެރޭގައި ޚިދުމަތް ދިނުމަށް ޝަރުތު ކުރެވިފައިވެއެވެ. ނަމަވެސް ދިރާގުން ޚިދުމަތް ދޭން ފަށާފައިވަނީ ލައިސަންސް ދިންތާ އެއް އަހަރާއި އެގާރަ މަސްދުވަސް ފަހުންނެވެ. ގާނޫނާ ޚިލާފު ކަންތައްތަކެއް ބްރޯޑްކާސްޓިން ކޮމިޝަނުން މަގުފަހިކޮށްގެން ކުރިއަށް ގެންދެއެވެ. މިކަންކަން އަވަސް ފުރުސަތެއްގަ ޝަރުއީ ނިޒާމު މެދުވެރިކޮށް ބެލޭނެ ކަމަށް އުއްމީދުކުރަމުއެވެ. ކޯޓުން ނިންމި ނިންމުމަށް އިހްތިރާމް ކުރަމުއެވެ. ހަމައެއާއެކު ޝަރުއީ މަރުހަލާއިން އިންސާފު ލިބޭނޭ ކަމުގެ ޔަގީންކަން އޮންނާތީވެ މި މައްސަލަ އިސްތިއުނާފުކުރަން އަޅުގަނޑުމެން ހުށައަޅާނަމުއެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top