ތުޅާދުއާއި ކުޑަރިކިލަށް އެމްބިއުލާންސް ފޮނުވައިފި

c59d0aa3-41ad-4cf2-8b11-c979d0df487e_2.jpg

ބ ތުޅާދުއާއި ކުޑަރިކިލަށް އެމްބިއުލާންސް ފޮނުވައިފި އެވެ.

މިއީ އަތޮޅުތަކަށް ބޭނުންވާ 96 އެމްބިއުލާންސް ގަތުމަށް މިދިޔަ ޖޫންމަހު އެސްޓީއޯއަށް ހަވާލުކުރި އެމްބިއުލަންސްތަކުގެ ތެރެއިން ފުރަތަމަ ޝިޕްމަންޓްގެ ތެރެއިން ގެނައި އެމްބިއުލާންސް ތަކެކެވެ.

ތުޅާދުއާއި ކުޑަރިކިލު ހިމެނޭ ގޮަތަށް މިފަހަރު އެމްބިއުލާންސް ފޮނުވާފައިވަނީ އެމްބިއުލާންސް ނެތުމުގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވާ 20 ރަށަށްކަމަށާއި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އިތުރު 20 އެމްބިއުލާންސް ގެންނާނެ ކަމަށް ސަރުކާރުން ހާމަކުރެއެވެ.

ބައެއް ރަށްރަށުގައި އެމްބިއުލާންސް ނެތިގެން ރަށު ޕިކަޕާއި ގާޑިޔާ އަދި ބަރޯގައި ވެސް ބަލި މީހުން އުފުލަން ޖެހިފައިވާ މައްސަލަތަކެއް މިފަހުން ވަނީ ފެންމަތިވެފަ އެވެ.

އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށް ހަވާލު ކޮށްފައިވަނީ އެސްޓީއޯ އާއެވެ.  އެސްޓީއޯއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، އަތޮޅުތަކަށް ބޭނުންވާ 96 އެމްބިއުލާންސް ރާއްޖެގެނެސް މިނިސްޓްރީއާ ހަވާލުކުރުމަށް ދީފައިވަނީ 180 ދުވަހުގެ މުއްދަތެވެ.

މި އެމްބިއުލާންސްތައް ގެނަސް އަތޮޅުތެރޭގައި ޚިދުމަތް ދޭން ފެށުމުން، ކާރިސާގެ ވަގުތުތަކުގައްޔާއި، އެކްސިޑެންޓްތަކުގައި ބަލިމީހުންނަށް ފޯރުކޮށްދޭންޖެހޭ ސިއްހީ ކުއްލި ފަރުވާ ފަސޭހަކަމާއެކު ދެވޭނެކަމަށް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top