ޒެނީޝާގެ ދިފާއުގައި އެމްޕީ. ސަލީމްވެސް ނުކުންނަވައިފި

b_S9PUSPBYRBfZ94hUC5PYGG9bi-1024x606.jpg

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު ، އަހުމަދު ސަލީމް

ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދުގެ މައްޗަށް އެޗްއާރުސީއެމުން ދައުވާކުރަން ފޮނުވުމުން އެކަމަނާގެ ދިފާއުގައި ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމް ވެސް ނުކުންނަވައިފި އެވެ.

ޒެނީޝާގެ ދިފާއިގައި ސަލީމް ނުކުންނަވާފައި މިވަނީ 2017ވަނަ އަހަރު ކުޑަކުދިންގެ ހިޔާގައި ހިނގި ހާދިސާ އަކާއި ގުޅިގެން މިނިސްޓަރު ޒެނީޝާއާއި، އެހެން ބައެއް މީހުން ހިމެނޭހެން ދައުވާކުރުމަށް އެޗްއާރުސީއެމްއިން ޕީޖީ އޮފީހަށް ފޮނުވި މައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒު ވެފައިވާ ދަނޑިވަޅެއްގައެވެ.

ސަލީމް ވިދާޅުވީ ޒަނީޝައަށް ދައުވާ ކުރެވޭނަމަ، މިހާރު އޮތް ސަރުކާރުގައި ދައުވާ ނުކުރެވޭނެ ހަމަ އެކަކުވެސް ނެތްކަމަށެވެ.

މިމައްސަލާގައި އިދިކޮޅަށް ނިސްބަތްވާ މެމްބަރުންނާއި، ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުންވެސް ވަނީ ޒެނީޝާގެ ދިފާއުގައި ނިކުންނަވާފައެވެ. އެގޮތުން މިމައްސަލާގައި ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޒެނީޝާއަށް ދައުވާކޮށްގެން ދިވެހި މުޖުތަމައަށް ލިބޭނެ އިތުރު ރަނގަޅެއް ނުފެންނަ ކަމަށެވެ. މިކަމުގައި އެންމެ ބުއްދިވެރި ގޮތަކީ ޒެނީޝާއަށް ކުރާ ދައުވާ އެޗްއާރުސީއެމްއިން އަނބުރާ ގެންދިއުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

މިމައްސަލާގައި ރޭ ޖެންޑަރ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ “ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަ ބަލާ ކޮމިޝަނުން” އެޗްއާރްސީއެމަށް ހުށައަޅާފައިވަނީ ޖެންޑަ މިނިސްޓްރީން އެއަހަރު މޯލްޑިވްސް ޕޮލިސް ސާވިސަސްއާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާ ގުޅިގެން ހިންގި ހަރަކާތުގައި ހިޔާގައި ތިބި ކުދިންނާ ހަޑިހުތުރުބަހުން މުއާމަލާތުކޮށްފައި ވާކަމަށާއި ބައެއް ކުދިން ބިޑިއަޅުވައި ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކެއް ދީފައިވާކަމުގެ ތުހުމަތުކޮށް ހުށައަޅާފައިވާ މައްސަލައެއް ކަމަށެވެ.

އެހެންކަމުން މިމައްސަލަ ބެލުމުގައި ދިވެހިރާއްޖޭގެ ގާނޫނުތަކުން ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮށް އެކުދިންގެ ކަރާމަތް ރައްކާތެރިކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި އެފަދަކަމެއް އެއްވެސް ފަރާތަކުން ކޮށްފިކަމުގައިވާނަމަ ފިޔަވަޅު އެޅުމާއި އެފަދަކަންކަމުން ކުދިން ހިމާޔަތްކުރުމުގެ ފުރިހަމަ ބާރު އެކޮމިޝަނަށް ލިބިދީފައިވާ ކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top