ޕީއޯއެސްއިން ކައުންސިލްތަކަށް ފައިސާ ދެއްކޭނެ ގޮތް ހަދައިފި

1588020614.15880206141323.jpg

ކައުންސިލްތަކަށް ދައްކަންޖެހޭ ފައިސާ ޕޮއިންޓް އޮފް ސޭލް (ޕީއޯއެސް) މެދުވެރިކޮށް މެދުވެރިކޮށް ކައުންސިލްތަކަށް ފައިސާ ދެއްކޭނެ ގޮތް ފިނޭންސް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

ކައުންސިލްތަކުން ބަލައިގަންނަ ފައިސާ ޕީއޯއެސް މެދުވެރިކޮށް ބަނޑޭރި ޕޭއިން ބަލައިގަނެ ދުވަހުން ދުވަހަށް ކައުންސިލްތަކުގެ ބޭންކު އެކައުންޓްތަކަށް ޖަމާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ކައުންސިލްތަކުން ބީއެމްއެލް އަށް ހުށަހަޅައިގެން ފިނޭންސް މިނިސްޓްރީގެ އިތުރު ހުއްދައަކާ ނުލައި އަންނަ މަހުގެއެއްވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދެވޭނެ ކަމަށް އެމިނިސްޓްރީން ބުންޏެވެ.

މިއީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދެވޭ މާލީ ޚިދުމަތްތައް ކުރިއަރުވައި ރާއްޖޭގެ އިގުތިސާދުގައި ޗެކާއި ނަގުދު ފައިސާއަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ ގޮތުން ކައުންސިލްތަކަށް ފަހިކޮށްދޭ ފުރުސަތެއް ކަމަށްވެސް ފިނޭންސުން ހާމަކުރެއެވެ.

ޕީއޯއެސް މެދުވެރިކޮށް ފައިސާ ބަލައިގަތުމުގެ ހިދުމަތް ހަމަޖެއްސުމަށް ކައުންސިލްތަކުގެ އެޑްމިން އެކްސެސް ދޭނެ ފަރާތްތަކުގެ މައުލޫމާތު ގައުމީ ބޭންކަށް ހުށަހަޅަން ޖެހޭނެއެވެ. ކައުންސިލްތަކަށް ހުއްދަ ދެވޭނީ ކައުންސިލު ސެކެރެޓަރީ ޖެނެރަލް އަށް ނުވަތަ ސެކްރެޓަރީ ޖެނެރަލް ނެތް ހާލަތެއްގައި އޭނާގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ މީހަކަށްވާތީ ކައުންސިލްތަކުން ކައުންސިލުގެ ސެކެރެޓަރީ ޖެނެރަލްގެ ސައްހަ މައުލޫމާތު އަންގައިދޭ ލިޔުމެއް ބޭންކަށް ހުށަހަޅަން ޖެހޭނެ އެވެ.

އަދި “އެޕްލިކޭޝަން ފޯމް” އާ އެކު ކައުންސިލްތަކުގެ “ޔޫޒާ ރަޖިސްޓްރީ ސިޓީ” ކައުންސިލްތަކުން ބޭންކަށް ހުށަހެޅުމުން އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ބޭންކުން ބުންޏެވެ. އެއާ އެކު ލިޔެކިޔުންތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ފަހު ބޭންކުން ކައުންސިލުތަކުގެ އެކައުންޓް ހަދައިދޭނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top