ހިތާދޫ އާ އިންޖީނުގެ ހުޅުވައިފި

Capture-12.png

ފެނަކަ އިން ބ. ހިތާދޫގައި އަލަށް އިމާރާތްކުރި އިންޖީނުގެ ހުޅުވައިފި އެވެ.

އާއްމުން ދިރިއުޅޭ ސަރަހައްދާ ދުރުގައި އިމާރާތް ކޮށްފައިވާ މި އިންޖީނުގެ ހުޅުވާފައިވަނީ 400ކިލޯވޮޓްގެ ޖެނެރޭޓަރަކާއި އެކުގަ އެވެ. އިންޖީނުގެ އިން ހިދުމަތް ދޭން ފެށުމާއެކު އާއްމުން ދިރިއުޅޭ ސަރަހައްދުގައި ހުރި ބާ އިންޖީނުގެ އިން ވަނީ ހިދުމަތް ދިނުން ހުއްޓާލާފަ އެވެ.

ފެނަކައިން ބުނީ އަލަށް އިމާރާތްކުރާ އިންޖީނުގެ ތަކުގައި ޒަމާނީ ފެންވަރުގެ އޮފީސް އިމާރާތަކާއި، ރައްކާތެރިކަމާ އެކު ތެޔޮ ރައްކާކުރެވޭނެ ތަނެއް ގާއިމުކޮށް، ރައްޔިތުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި އިންޖީނުގެތަކުން ދުން ބޭރުކުރުމަށް ދުންހޮޅި ނުވަތަ ޗިމްނީ ތަކެއް ހަދާފައިވާނެ ކަމަށެވެ.

އެގޮތުން އާ އިންޖީނުގެތައް ހުޅުވާއިރު ރަށްރަށުގެ ކަރަންޓް ނެޓްވޯކް ވެސް އަޕްގްރޭޑް ކުރެވިގެންދާނެ ކަމަށް ފެނަކައިން މައުލޫމާތުދެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top