އޭލެވެލް އިމްތިހާނު މިއަހަރު އޮންނާނެ!

326-baec.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ކޮޅެއް

އޭލެވެލް އިމްތިހާން މިއަހަރުގެ މެއި އަދި ޖޫންގައި ބާއްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ކޮވިޑް-19 ގެ ހާލަތަށް ރިއާޔަތްކޮށް މި އަހަރުގެ މެއި އަދި ޖޫން މަހުގެ އޭލެވެލް އިމްތިހާން ނުބާއްވަން އެޑެކްސެލް ފުރަތަމަ ނިންމި އެވެ. ނަމަވެސް ރާއްޖެއިން ކުރި މަސައްކަތާއެކު، އެ އިމްތިހާނު ކުރިއަށްގެންދިއުމުގެ ފުރުސަތު އެޑެކްސެލް އިން ވަނީ ދީފަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު، ޑރ. އައިޝަތު އަލީ ވިދާޅުވީ މީގެ ކުރިންވެސް ތާވަލު ކުރެވިފައި އޮތްގޮތަށް މި އަހަރު ރާއްޖޭގައި އޭލެވެލް އިމްތިހާނު އޮންނާނެ ކަމަށެވެ.

އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ ރާއްޖޭގައި ބާއްވާނީ އެޑެކްސެލް އިން ދޭ އިމްތިހާނެއް ކަމަށާއި، ސެޓްފިކެޓުވެސް ދޭނީ އެޑެކްސެލް އިން ކަމަށެވެ.

އެކަމަށް އެދި އެޕްލިކޭޝަން ފޯމު މިމަހުގެ 11 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް ވަނީ އެދިފަ އެވެ.(ތަފްސީލްު އަންނަނީ )

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top