ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

dharavandhoo.jpg

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ދަރަވަންދޫގައި ބަނގުރާ ނައްތާލުމުގެ މަސައްކަތްކުރަނީ -- ފޮޓޯ ؛ޕޮލިސް ލައިފް

ބ.ދަރަވަންދޫ ޕޮލިސް ޑެސްކްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް ނައްތާލައިފިއެވެ.

މިގޮތުން އޮކްޓޯބަރު 23 ވަނަ ދުވަހު އެކި ބްރޭންޑް ތަކުގެ 140 ފުޅި ބަނގުރަލާއި 97 ބިޔަރު ދަޅެ ދަރަވަންދޫގައި ވަނި ނައްތާލާފައެވެ.

މިތަކެެއްޗަކީ 2018 ޖޫން، ޖުލައި އަދި އޮގަސްޓް މަހުގެ ނިޔަލަށް ބ. ދަރަވަންދޫ ޑޮމެސްޓިކް އެއަރ ޕޯޓަށް ފުރަންދާ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފައިވާ ތަކެއްޗެވެ.

ބަނގުރާ ނައްތާލުން ދަރަވަންދޫގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކުލަވާލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top