ވަރަށް މަދުން ހޭންޑް ފުޓް އެންޑް މައުތް ބަލި ފެނުނު ނަމަވެސް އާއްމުކޮށް ކުޑަކުދިންނަށް ޖެހޭ މި ބަލި ފެތުރެމުން ނުދާ ކަމަށް ބ.އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.
ބ.އަތޮޅު ހޮސްޕިޓަލުން މިހެން ބުނެފައިވަނީ ރާއްޖޭގައި ފެތުރެމުންދާތީ، މިބަލިން ރައްކާތެރިވުމަށް އައިޖީއެމްއެޗްގެ ސީނިއާ ޕެޑިއަޓްރިޝަން ޑރ. އަހުމަދު ފައިސަލް އިލްތިމާސްކޮށްފައިވާތީ ބ.އަތޮޅުގައި މި ބަލީގެ ހާލަތު އޮތް ގޮތެއް ސާފުކޮށްލުމަށް އެކަމާ ސުވާލު ދެންނެވުމުންނެވެ.
މިކަމަށް އިލްތިމާސްކޮށްފައިވަނީ ޑރ.ފައިސްލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހޭންޑް ފުޓް އެންޑް މައުތް ބަލި މި ދުވަސްވަރު ތަންކޮޅެއް އިތުރުވަމުންދާ ކަމަށާއި ބަލިން ރައްކާތެރިވުމަށް ހުރިހާ ކުދިންވެސް އަތް ރަނގަޅަށް ދޮވުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި މި ބަލި ޖެހުމުން ހަފްތާއަކަށް ކުދިން ސްކޫލަށް ނުފޮނުވުމަށާއި ހުރިހާ ސްކޫލެއްގައި ވެސް ސައިބޯނިން އަތް ދޮވެވޭނެ އިންތިޒާމު ހުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ޑރ.ފައިސަލް ވިދާޅުވިއެވެ.
މިބަލި ޖެހުމުން އެންމެ ފުރަތަމަ ފެންނާނެ އަލާމާތްތަކުގެ ތެރޭގަައި ހުން އައުމާއި، ކާހިތްނުވުމާ، ވަރުބަލިވުން އަދި ގައިގައި ރިއްސުމާއި ކަރުތެރެފާރުވުން ފަދަ އަލާމާތްތައް ހިމެނެއެވެ.