ބ. އަތޮޅުގައި ޕޮއިސްޑް ޕްރޮޖެކްޓް ފެށުމަށް ތައްޔާރުވަނީ

K1Y4Ol6Aq8MbJJOn1t6B6E9luTceXFccIGiGaZq2.webp

އިޔާދަ ކުރަނިވި ހަކަތަ ޕްރޮމޯޓް ކުރާ ޕްރިޕެއަރިންގް އައުޓާ އައިލެންޑްސް ފޯ ސަސްޓެއިނެބިލިޓީ އެނާޖީ ޑިވެލޮޕްމެންޓް (ޕޮއިސްޑް) ޕްރޮޖެކްޓް ބ. އަތޮޅުގައި ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

މި ޕްރޮޖެކްޓް ބ. އަތޮޅުގައި ފެށުމަށް ތައްޔާރުވުމުގެ ގޮތުން ތަމްރީނު ދިނުމަށް ކޮންމެ ބްރާންޗެއްގެ ޓެކްނިކަލް މުވައްޒަފުން ހިމެނޭ ގޮޮތަށް އޭދަފުށީގައި ވަނީ ވޯކްޝޮޕެއް ބާއްވާފައެވެ.

މި މަޝްރޫއުގެ ދަށުން ބ. އަތޮޅުގެ 13 ރަށުގައި ޖުމުލަ 2.74 މެގަވޯޓް ސޯލާ ޕީވީ އަދި 3.23 މެގަވޯޓްގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް އިންސްޓޯލް ކުރެވޭނެއެވެ.

ޕޮއިސްޑް ޕްރޮޖެކްޓް އަކީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އާއި ފެނަކަ ކޯޕަރޭޝަން ގުޅިގެން އޭޝިއަން ޑިވެލޮޕްމެންޓް ބޭންކްގެ އެހީގައި ކުރިޔަށް ގެންދާ ޕްރޮޖެކްޓެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top