އޭދަފުށީގައި ބޮޑުއީދު ފާހަގަކުރަން ތިން ޖަމިއްޔާއަކަށް ރަށު ކައުންސިލުން 75000ރުފިޔާ

DSCN0658.jpg

އަންނަ ބޮޑުއީދު ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން އޭދަފުށީ ކައުންސިލުން އޭދަފުށީގެ ތިން ޖަމިއްޔާ އަކަށް 75000 ރުފިޔާ ދީފި އެވެ.

އެ ތިން ޖަމިއްޔާ އަކީ ޖަމިއްޔަތުލް ވަފާއާއި އެމްވީ ޔުނައިޓެޑް އާއި ކްލަބް ކޮމްބިނޭޝަން (ސީސީ) އެވެ. ކޮންމެ ޖަމިއްޔާއަކަށް ދޭން ކައުންސިލުން ނިންމީ 25،000ރ އެވެ.

މިއެހީ ދޭން ނިންމާފައިވަނީ ރަށު ކައުންސިލާ ގުޅިގެން އަޟްހާ އީދު ފާހަގަކުރުމަށް ކްލަބް ޖަމިއްޔާތަކަށް ހުޅުވާލި ފުރުސަތުގައި ޕްރޮޕޯސަލް ހުށަހެޅީ މި ތިން ޖަމިއްޔާ އިން ކަމަށް ވާތީ އެވެ.

ބ.އަތޮޅުގެ ރަށްރަށުގައި މި އަހަރުގެ ބޮޑު އީދު ފާހަގަކުރުމަށް އެރަށްރަށުގެ ޖަމިއްޔާތަކާއި ރައްޔިތުން ގުޅިގެން އަންނަނީ ގިނަ ކުޅިވަރުތަކެއް ބާއްވަން ނިންމާފައެވެ. އެގޮތުން ފާހަގަކުރެވޭ ރަށްރަށުގެ ތެރޭގައި ކަމަދުއާއި ކެންދޫގެ އިތުރުން ކުޑަރިކިލާއި ތުޅާދޫ ހިމެނެއެވެ. އެރަށްރަށުގައި މިޒަމާނުގެ ކުޅިވަރުތަކާއި ސަގާފީ ކުޅިވަރު ތަކާއެކު އީދުގެ ހުރިހާ ދުވަހެއްގައި ފުލްކޮށް ކުޅިވަރު އޮންނާތީ މިހާރުން ފެށިގެންވެސް އެރަށްރަށަށް ގިނަބަޔަކު ޒިޔާރަތްކުރަމުން އެބައާދެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކެންދުއާއި ކަމަދޫގެ ހުރިހާ ގެސްޓް ހައުސް ތަކެއްް މިހާރުހުރީ ފުލްވެފައެވެ.

އޭދަފުށީގައި ސީސީ އިން  ތައްޔާރުވަމުން ދަނީ ހޭންޑްބޯލް މުބާރާތަކާއި ކުޑަކުދިންގެ ހަވީރަކާއި ކަލާ ފެސްޓިވަލަކާއި ސްޕޯޓްސް ފިޝިންގ އަށެވެ. ވަފާ ޖަމިއްޔާއިން ވަނީ އެހެން އަހަރުތަކެކޭވެސް އެއްފަދައިން ސަގާފީ ހަރަކާތްތަކަކާއެކު ކުޅިވަރު މުބާރާތްތަކެއް އޮންނާނެކަމަށް އިޝްތިހާރު ކޮށްފައި ވެއެވެ. ޔުނައިޓެޑް ވީ އިންސްޓްރީޓް ސޮކަ ކަޕެއް ބާއްވާނެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top