ފެހެންދޫގައި ”ތުއްތުފަންނު ” ހުޅުވައިފި

4.jpg

ފެހެންދޫ ތުއްތުފަންނު - ފޮޓޯ : ފާތުމަތު ޒުހުދާ /ތުޅާދޫ އޮންލައިން

ފެހެންދޫ ކައުންސިލްގެެ ފަރާތުން އެރަށުގެ ކުޑަކުދިންނަށް ތައްޔާރު ކޮށްދިން ޕާކް “ތުއްތުފަންނު ” ހުޅުވައިފިއެވެ.

މި ޕާކް ހުޅުވައިދެއްވީ މިކަމަށް ޚާއްސަކޮށްގެން މިއަދު ހަވީރު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ކުރީގެ ފިލްމީ ތަރި އާއިޝަތު ޝިރާނީއެވެ.

ބައި ލައްކަ ރުފިޔާ ޚަރަދުކޮށްގެން ފެހެންދޫ ކައުންސިލުން އެރަށުގެ ކުޑަކުދިންނަށް ތައްޔާރު ކޮށްދިން މި ޕާކު ހުޅުވުމުގެ ރަސްމިއްޔާތުގައި ފެހެންދޫ ކައުންސިލް މެމްބަރުންނާއި ރަށުގެ ރައްޔިތުން ބައިވެރި ވެފައި ވެއެވެ.

ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވަމުން ޝިރާނީ ވިދާޅުވީ “ތުއްތު ފަންނު ”  ހުޅުވުމުގެ ޝަރަފު ދެއްވީތީ އުފާކުރާ ކަމަށާއި އުއްމީދުކަުރައްވަނީ މި ޕާކަކީ ފެހެންދޫގެ ތުއްތު ކުދިންނަށް އުފާވެރި މާހައުލެއް ގެނެސްދޭނެ ތަނެއްކަމަށް ވާނެ ކަމަށެވެ.

ފެހެންދޫ ކައުންސިލްގެ ރައީސް މޫސާ ނަސީމް މައުލޫމާތު ދިން ގޮތުގައި އަހަރެއްހާ ދުވަހުގެ މަސައްކަތުން ނިންމާލެވުނު މި ޕާކްގައި ބަހައްޓާފައި ހުރިި ހުރިހާ އެއްޗެތިވެސް ތައްޔާރުކޮށްފައިވަނީ ފެހެންދޫގައެވެ.

މޫސާ ނަސީމް ވިދާޅުވީ މިހާހިސާބުން އަދި ޕާކް ފުރިހަމަ ވީކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށާއި މި ޕާކަށް އެންމެ ފަހުގެ ޒަމާނީ އާލާތްތައް ވަރަށް އަވަހަށް ގެންނާނެ ކަމުގައެވެ. އެކަން އަމިއްލަ ފަރާތެއްގެ ދީލަތި އެހީތެރިކަމާއެކު މިހާރު ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

“ތުއްތު ފަންނު” ހެދުމަށް ބ.އަތޮޅު ކައުންސިލުން އެހީތެރިކަން ފޯރު ކޮށްދީފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top