އަނަންތަރާ ކިހަވައް ރިސޯޓު މުވައްޒަފުން ތުނބުޅި ބޭލުން ހުއްޓާލައިފި

anantara_kihavah_header_1920x1080.jpg

އަނަންތަރާ ކިހަވައްވިލާސް--ފޮޓޯ :އަނަންތަރާޑޮޓްކޮމް

ބ.އަތޮޅު ހުރުވަޅީގައި ހިންގަމުން އަންނަ އަނަންތަރާ ކިހަވައް ރިސޯޓުގެ މުވައްޒަފުން ތުނބުޅި ބޭލުން ތުނބުޅި ބޭލުން ހުއްޓާލައިފިއެވެ.

މުވައްޒަފުން ތުނބުޅި ބޭލުން ހުއްޓާލީ އަނަންތާރަ ކިހަވައް ބުރާންޗުގެ މެމްބަރުން ތަކުރާކުކޮށް މެނޭޖްމަންޓާއި ކަމާބެހޭ ފަރާތްތަކާއެކު ކުރެވުނު މަޝްވަރާތަކުން، ކޮންމެ ދުވަހަކު ތުނބުޅި ބޭލުން މަޖުބޫރު ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް އެއްބަސްވުމަކާ ހަމައަށް އާދެވިފައި ނުވާތީ ކަމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ބުނެއެވެ.

އެހެންކަމުން، އިންސާނީ ހައްގުތައް ކަށަވަރު ކުރުމަށްޓަކައި މިއަދުން ފެށިގެން ތުނބުޅި ބޭލުން ހުއްޓާލަން ނިންމާފައިވާކަމަށް ޓީމްއިން ބުންޏެވެ.

އަދި ޔޫނިއަންއާއި މެނޭޖްމަންޓާއި އެއްބަސްވެވޭ އުސޫލެއް ކަނޑައެޅެންދެން ތުނބުޅި ނުބާލާ މަސައްކަތް ކުރުމުގައި ދެމިތިބުމަށް ނިންމާފައިވާކަމަށް ޓީމްއިން ބުންޏެވެ.

ރިސޯޓެއްގައި ތުނބުޅި ބަހައްޓަން މުވައްޒަފުންނަށް ފުރަތަމަ ފަހަރަށް ހުއްދަ ދިނީ މި މަހުގެ ކުރީކޮޅުގައެވެ. އެއީ ބ. މުއްދޫ ގައި ހިންގާ ދުސިތު ތާނީ މޯލްޑިވްސް ރިސޯޓާއި އިންޓާކޮންޓިނެންޓަލް މޯލްޑިވްސް މާމުންނަގައު ރިސޯޓުގައެވެ. އެ ދެރިސޯޓުން ވަނީ ތުނބުޅި ބެހެއްޓުމާ ބެހޭ ސާކިއުލަރއެއް ނެރެ، ޝަރުތުތަކަކާއެކު ތުނބުޅި ބެހެއްޓުމަށް ހުއްދަ ދީފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top