އުދަ އަރާފާނެ! ސަމާލުވުމަށް އަންގަވައިފި

DSCN8296.jpg

2019 ޖޫން 5: އޭދަފުއްޓަށް އުދައަރާފައި/އީވީ ފޮޓޯ

ރާއްޖޭގެ ކޮންމެ ސަރަހައްދަކަށްވެސް އުދަ އަރައިފާނެ ކަމަށާއި އެކަމަށް ސަމާލުވުމަށް މެޓް އޮފީހުން އަންގަވައިފި އެވެ.

މެޓް އޮފީހުން ބުނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މިއަދާއި މާދަމާވެސް ހުރިހާ އަތޮޅަކަށްވެސް ވައިގަދަވުމުގެ ސަބަބުން އުދައެރުމުގެ ފުރުސަތު ބޮޑުކަމަށެވެ.

ރާއްޖޭގައި އާންމުކޮށް އުދައަރާ ސަރަހައްދުތަކަށް އުދައިގެ އަސަރު ބޮޑަށް ކުރާނެ ކަމަށް ލަފާކުރެވޭއިރު މެޓުން ލަފާ ކުރައްވަނީ އުދައެރުމުގެ ފުރުސަތު ވެސް ބޮޑީ އުތުރާއި މެދުތެރޭގެ ރަށްތަކަށެވެ.

ރާއްޖޭގެ އުތުރާއި މެދުތެރޭގެ ރަށްތަކަށް މިއަދު ވިއްސާރަކޮށް، ގުގުރައި، ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭވެހި އަދި ކަނޑުތައް ވެސް އާންމުގޮތެއްގައި ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ހުޅަނގު މޫސުމުގެ ވިއްސާރަ މިހާރު ރާއްޖެއަށް ކުރަމުންދާއިރު މިއަދު ވަނީ ބޮޑު ސަރަހައްދަކަށް ހުދު ސަމާލުވެސް ނެރެފައެވެ.

ހުދު ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް މިއަދު 11:00 އިން ފެށިގެން ހަވީރު 17:00އަށެވެ. މި ވަގުތުތަކުގައި ވާރޭ ވެހި، ގަޑިއަކު ގާތްގަޑަކަށް 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top