އެސްޓީއޯ އިން ތެލުގެ އަގު ބޮޑެއްނުކުރޭ.

big_3VUBPlgxyTClZTsbUJb0Rxs7s.jpg

އެސްޓީއޯއިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަު ބޮޑު ނުކުރާ ކަމަށް އެކުންފުނިން ބުނެފިއެވެ.

އެސްޓީއޯއިން ރާއްޖޭގެ އެތެރޭގައި ތެޔޮ ސަޕްލައި ކުރާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ގަނޑުކޮށް ތެޔޮ ގަންނަ ފަރާތްތަކަށް ތެލުގެ އަގު ބޮޑުކޮށްފައިވާކަމަށް ބުނެ ބައެއް މީޑިއާތަކުން ވަނީ ހަބަރު ގެނެސްދީފައެވެ. އެ ހަބަރުގައި ޑީސަލް ލީޓަރަކުން 35ލ. އަދި ޕެޓްރޯލް ލީޓަރަކުން 29ލ. ބޮޑުކޮށްފައިވާކަމަށް ބުނެފައިވެއެވެ.

އެ ޚަބަރު ރީޓްވީޓު ކުރައްވާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި ތެލުގެ އަގަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށެވެ. އެސްޓީއޯއިން ވެސް ބުނެފައިވަނީ މަސްވެރިންނަށް ވެސް ތެޔޮ ވިއްކާ އަގަށް ވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށެވެ.

އެސްޓީއޯ އިން ޕެޓްރޯލް އަގު ބޮޑުވިކަމަށް ބުނެ އޭދަފުށީގެ ޕެޓްރޯލް ވިއްކާ ތަނަކުންވެސް މިއަދު ބުނެފައިވަނީ އެސްޓީއޯއިން ޕެޓްރޯލް ވިއްލކާ އަގު ބޮޑުވުމާއި ގުޅިގެން ކުރިން ވިއްކަމުން އައި އަގަށްވުރެ ލިޓަރަކުން އެއް ރުފިޔާ ބޮޑުވެފައިވާ ކަމަށް ބުނެފަ އެވެ.

މިދިޔަ މާރޗްމަހު އެފްއެސްއެމްއިން ވަނީ ބާޒާރުގައި ޑީސަލާއި ޕެޓްރޯލް ވިއްކާ އަގު ހެޔޮކޮށްފައެވެ. މިގޮތުން ޑީސަލްގެ އަގު ލީޓަރަކުން 50 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 53 ލާރި ހެޔޮ ކޮށްފައެވެ. މިބަދަލު ގެނައީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއި ގުޅިގެން ކަމަށް އޭރު އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ޓްރޯލް ލީޓަރެއް ލިބެން ހުރީ 8 ރުފިޔާ 7 ލާރި އަށެވެ. އަދި ޑީސަލް ލީޓަރެއްގެ އަގު އުޅެނީ 8 ރުފިޔާ 71 ލާރި އަަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top