މަންތާ އެއަރގެ ދަތުރުތައް ބ.އަތޮޅަށް

image_CuKH24X3w0i7ld1.jpg

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި އަލަށް ތައާރަފްވެފައިވާ މަންތާ އެއަރގެ ދަތުރުތައް ބ.އަތޮޅަށް ފެށުމަށް ތައްޔާރުވެއްޖެއެވެ.

އެގޮތުން މިހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން ދުވާލަކު ދެ ފްލައިޓް މާލެއާއި ދަރަވަންދޫއާއި ދެމެދު ބާއްވާނެ ކަމަށާ ފަހުން ތިން ފްލައިޓަށް އިތުރުކުރާނެކަމަށް އެ އެއާލައިނުން މައުލޫމާތުދެއެވެ.

މަންތާއެއަރގެ ބޯޓުތަކަކީ ޒަމާނީ ފެންވަރުގެ ވަސީލަތްތަކާއެކު ތައްޔާރު ކޮށްފައިވާ އޭޓީއާރު މަރުކާގެ ބޯޓުތަކެކެވެ.

ދަރަވަންދޫއަށް ދަތުރުތައް ފެށުމުގެ ގޮތުން މަންޓާއިން ވަނީ ޚާއްސަ ޕްރޮމޯޝަނެއް ފަށާފައެވެ. އެގޮތުން ބޮޑުމީހަކަށް އެއްކޮޅުގެ ޓިކެޓް 499ރ.އަށް ލިބޭއިރު ކުޑަކުއްޖަކަށް 249ރުފިޔާއަށް ދަތުރު ކުރެވެއެވެ.

މި ޕްރޮމޯޝަން ކުރިއަސް ގެންދިއުމަށް އެއަރ ލައިނުން ނިންމާފައިވަނީ މިމަހުގެ 11 އިންފެށިގެން 18އާ ހަމައަށެވެ.

މި ޕްރޮމޯޝަންގެ ޓިކެޓްތައް އެ އެއާލައިންގެ ވެބްސައިޓުންނާއި އޭޖެންޓުން މެދުވެެރިކޮށް ގަނެވޭނެކަމަށް މަންތާއެއަރ އިން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top