ޝަޢްބާން މަހުގެ މާތްކަން

rajab-shaban-ramadhan.jpg

އަޅުގަޑުމެން ދުނިޔޭގަ އުޅުމުގެ ބޭނުމަކީ މާތް ﷲ އަށް އަޅުކަން ކުރުމަށެވެ. ދުނިޔޭގަ އުޅެމުންދާއިރު ފުރިހަމަ ގޮތުގައި އަޅުކަން ނުކުރެވި ފާފަތަކަށް އަރައިގަނެވިދެއެވެ. ފާފަތަކުންދުރުވެތައުބަވެ ހެޔޮޢަލުކުރުމަށް މާތް ﷲގެ ރަޙްމަތާ އެކު އަޅުގަޑުމެންނަށް ފުރުޞަތު ތަކެއްދެއްވައެވެ. އެގޮތުގެމަތިން ޝަޢްބާން މަހަކީ، ހެޔޮޢަމަލް ކުރުމާ މާތްކަން ލިބިގަތުމުގެ ފުރުޞަތަކެވެ. އެއީ ބަރަކާތް ތެރިމައްސަރެކެވެ. ޣާފިލުކަމުން ތެދުވެ ތިމާގެ ޙަޔާތް ބަދަލް ކޮށްލުމަށާ، ދޭދޭ ފަރުދުންނާ ޢާއިލީ ގުޅުންތަށް ރަގަޅު ކުރުމަށް ލިބޭފުރުޞަތަކެވެ. މީގެ އިތުރުން ޝަޢްބާންމަހަކީ، އެތައް ގޮތަކުން އިސްލާމްދީނުގެ ކަންތައްތަކާ ވަރަށް ބޮޑެތި ގުޅުންތަކެއް ގުޅިފައިވާ މަހެކެވެ.

المسجد الأقصى އިން المسجد الحرام  (كعبة الله) ގެފުޅަށް ކުރިމަތިލެއްވުމުގެ ބަސްފުޅު، ވަޙީ ބަސްފުޅު ބަވައިލެއްވުނީ ޝަޢްބާން މަހުގެ ތެރޭގައެވެ. ރަމަޟާން މަހުގެ ފަރްޟު ރޯދަ ފަރްޟް ކުރެއްވުނީވެސް ޝަޢްބާން މަހުގެ ތެރޭގައެވެ. މިއިން ކޮންމެކަމަކީވެސް އިސްލާމީ އުންމަތް ބިނާވެގެން ދިޔަ ދުވަސްވަރު، ބިނާވެގެން ދިޔަ މުހިންމު ބިންގާ ތަކަކެވެ.މިއި އިސްލާމީ މުޖްތަމަޢް އާ ގުޅޭގޮތުން ހިނގާފައިވާ ވަރަށް މުހިންމު ކަންތައްތަކެވެ. އެހެންކަމުން އަޅުގަޑުމެންގެ ހިތުގައި ޝަޢްބާން މަހާމެދު ޚާއްޞަ ޤަދަރެއް ދޭން ޖެހެއެވެ.

ޣާފިލުކަމުން ތެދުވެ ރަމަޟާން މަހަށް ތައްޔާރު ވުމަކީވެސް ޝަޢްބާން މަހު ކުރަން ޖެހޭނެ ކަމެކެވެ.

ޝަޢްބާން މަހުން ބައެއް ދުވަހު ރޯދަހިފުމަކީ، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން، ރޯދަހިފުމަށް ތިމާފަރިތަ ވެ، އެކަމަށް ހޭނިގަތުމުގެގޮތުން ކުރަން އޮތްކަމެކެވެ. ރަމަޟާން މަހުގެ ފަރްޟު ރޯދަ ހިފުމަށް ހޭނި ފަރިތަވުމުގެ ގޮތުންނެވެ. ފަރުޟު ނަމާދުގެ ކުރިންނާ ފަހުން ސުންނަތް ކުރުމަށް ލިބޭފަދައިން ރަމަޟާން މަހުގެ ކުރިންނާ ރޯދަހިފަން ލިބޭ ފުރުޞަތެކެވެ. ރަމަޟާން މަހުގެ ފަހުން އަދާކުރާ ސުންނަތް ރޯދައަކީ ޝައްވާލް މަހުގެ ހަރޯދައެވެ.

عن أسامةَ بنِ زيدٍ رضي الله عنه قال: قلت: يا رسولَ اللهِ! لَمْ أَرَكَ تَصُومُ شَهْرًا مِنْ الشُّهُورِ مَا تَصُومُ مِنْ شَعْبَانَ؟ قال: « ذَلِكَ شَهْرٌ يَغْفُلُ النَّاسُ عَنْهُبَيْنَ رَجَبٍ وَرَمَضَانَ، وَهُوَ شَهْرٌ تُرْفَعُ فِيهِ الأَعْمَالُ إِلَى رَبِّ الْعَالَمِينَ، فَأُحِبُّ أَنْ يُرْفَعَ عَمَلِي وَأَنَا صَائِمٌ»    

މާތް ރުއްސުންލެއްވި އުސާމާ ބިން ޒައިދު ކީރިތި ރަސޫލާ ޞައްލަ ޢަލައިހި ވަސައްލަމަ އަށް ދެންނެވިއެވެ ޝަޢްބާން މަސް ފިޔަވާ އެހެން މައްސަރެއްގައި ކަލޭގެފާނު އެހާ ގިނައިން ރޯދަ ހިއްޕަވަނިކޮށް ތިމަންކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުއެވެ އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. އެއީ މީސްތަކުން ޣާފިލުވެފައިވާ މަހެކެވެ. ރަޖަބާއި ރަމަޟާން އާއި ދެމެދުގައިވާ މަހެކެވެ. އެމަހަކީ ގެ ޙަޟްރަތަށް އަޅުތަކުންގެ ޢަމަލުތައް އުފުއްލެވޭ މައްސަރެވެ. އެހެންކަމުން ތިމަންކަލޭގެފާނުގެ ޢަމަލުތައް ރޯދައަށް ހުންނަވަނިކޮށް އުފުއްލެވުމަށް ލޯބި ކުރައްވަމެވެ.

ކީރިތި ރަސޫލާގެ ޙަދީޘް ފުޅުތަކަށް ވިސްނާއިރު ޝަޢްބާން މަހު އެކަލޭގެފާނު ގިނައިން ރޯދަ ހިއްޕަކަން ޘާބިތު ވެއެވެ. ބައެއް ރިވާޔަތް ތަކުގައި މަދު ދުވަހެއްގަ މެނުވީ ޝަޢްބާން މަހު ރޯދަފުޅަށް ހުންނަވާ ކަމުގައި ވިއެވެ. މުޅި ޝަޢްބާން މަހު އެމާތް ނަބިއްޔާ ރޯދަފުޅަށް ހުންނަވާކަމުގައި ރިވާޔަތް ތަކުން ޘާބިތުވެއެވެ.

عَنْ أَبِي سَعِيدٍ الْخُدْرِيِّ رضي الله عنه قَالَ : قَالَ رَسُولُ اللَّهِ صلى الله عليه وسلم : “مَنْ صَامَ يَوْماً فِي سَبِيلِ اللَّهِ بَعَّدَ اللَّهُ وَجْهَهُ عَنْ النَّارِ سَبْعِينَ خَرِيفًا .”

މާތް ރުއްސުންލެއްވި އަބީސަޢީދު އަލްޚުދްރީ ވިދާޅުވިއެވެ. ކީރިތި ރަސޫލާ ޞައްލަ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. މާތް ގެ މަގުގައި އެންމެ ދުވަހަކު ރޯދަ ހިފައި މީހަކުު ހަތްދިހަ ހާސް އަހަރުގެ ދުރުމިނަށް ނަރަކައިން ދުރު ކުރައްވާނެއެވެ”. ވީމާ، މި ރަނުގެ ފުރުޞަތު ނަންގަވާ ނުލައްވާށެވެ.

ޝަޢްބާން މަހަކީ ގެ ޙަޟްރަތަށް އަޅުތަކުންގެ ޢަމަލުތައް އުފުއްލެވޭ މައްސަރެވެ. އެހެންކަމުން ގިނަވަގުތު ހެޔޮ ޢަމަލު ކުރުމުގަ ދެމިތިބެން ޖެހެއެވެ. ޝަޢްބާން މަހަކީ މީސްތަކުންނަށް މަޢާފު ކޮށްދިނުމާ، ރަހިމުގެ ގުޅުން ބަދަހިކުރުމާ، އެކުވެރިކަން އާލާކުރުމާ، އެކަކު އަނެކަކާ ހިތް ސާފުކުރަންވީމައްސަރެވެ.

عَنْ أَبِي مُوسَى الْأَشْعَرِيِّ عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ:∀ إِنَّ اللَّهَ لَيَطَّلِعُ فِي لَيْلَةِ النِّصْفِ مِنْ شَعْبَانَ فَيَغْفِرُ لِجَمِيعِ خَلْقِهِ إِلَّا لِمُشْرِكٍ أَوْ مُشَاحِنٍ.”  

މާތް ﷲ ރުއްސުންލެއްވި އަބީ މޫސާ އަލްޢަޝްޢަރީ އަރިހުން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ޞައްލަ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. ޝަޢްބާން މަހު ދެބައިވާ ރޭ މާތް ﷲ އެކަލާގެ އަޅުތަކުންގެ ޢަމަލުތަކަށް ބައްލަވާ (ﷲ އަށް ޝިރުކުކޮށްފާވާ މީހާއާއި، ދެމީހުންގެ ދެމެދުގައިރުޅިވެރިކަމުގަ ތިބޭމީހުން ފިޔަވާ) އެހެންހުރިހާ އަޅުތަކުންގެ ފާފަ ފުއްސަވާދެއްވައެވެ.

މިޙަދީޘް އަކީ ވަރަށް ގިނަ ޢިލްމުވެރިންގެ މެދުގަ ޚިޔާލު ތަފާތުވުން ތަކެއް އުފެދިފައިވާ ޙަދީޘްއެކެވެ. އެއްބައި ޢިލްމުވެރިން ޙަދީޘް ޞައްޙަކަމަށް ވިދާޅުވާއިރު އަނެއްބައި ޢިލްމުވެރިން ވިދާޅުވާގޮތުން ޞައްޙަ ޙަދީޘެއްނޫނެވެ.

އެހެންނަމަވެސް މިމައްސަލައަކީ ޙަލާލު ޙަރާމް ބަޔާންކޮށްދިނުން ހިގާމައްސަލައަކަށް ނުވާހިދު، ހެޔޮޢަމަލް ތަކުގައި ހިމެނޭ މައްސަލައަކަށް ވެފާ، އިސްވެގޮސްފައިވާ ޙަދީޘް ތަކަށް ވިސްނާލުމުން ދޭހަވަނީ ޝަޢްބާން މަހުގެތެރޭގައި ހެޔޮ ޢަމަލް ކުރުން ގިނަކުރުމާއި މީސްތަކުންނަށް މަޢާފްކޮށް، ހިތް ޚަލާޞް ކުރުމަކީ ރަމަޟާން މަހުގަ ކުރާ ހެޔޮ ޢަމަލުތަކުގެ ފޮނިނަތީޖާ ފެނިގެންދާނެކަމެކެވެ.

ޝަޢްބާން މަހުގެ ފަނަރަވަނަ ދުވަހު އަޅުކަން ކުރުމާބެހޭގޮތުން އެއީ ޢިލްމުވެރިންގެ މެދުގައި ވަރަށް ބޮޑު ޚިޔާލު ތަފާތުވުން އުފެދިފައިވާ މައްސަލައެކެވެ. ގިނަ ޢިލްމުވެރިން ވިދާޅުވަނީ ހަމައެކަނި ޝަޢްބާންމަހުގެ ފަނަރަވަނަ ދުވަހު ޚާއްޞަ އަޅުކަމެއްކުރުމަކީ އިސްލާމްދީނުގަ އޮންނަކަމެއް ނޫނެވެ. އިސްވެ ގޮސްފައިވާ ޙަދީޘް ތަކުގެ މައްޗަށް ބިނާކޮށް ޝަޢްބާން މަހުގެ ފަނަރަޔާ، އެހެން ދުވަސްތަކާ އެއްވެސް ތަފާތެއް ނުވާކަމުގަ ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ.

ޝަޢްބާންމަހަކީ ވަރަށް ޚާއްޞަ މަހަކަށްވާތީވެ އެމީހަކަށް ކުޅަދާނަ ވީ މިންވަރަކުން ޝަޢްބާން މަހު ހެޔޮ ޢަމަލް ކުރުމަކީ ދަރުމަ ލިބިގެންދާނެކަމެކެވެ. މީގެ އިތުރުން ރަމަޟާން މަހަށް މީހާގެ ނަފްސު ތަރުބިޔަތު ކުރެވިގެންދާނެ ކަމެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top