އޭދަފުށީގައި މިހާރު ކުޅެމުންދާ އިންޓަރރިސޯޓް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ބައްދަލު ކުރި ޓީމް ރޯޔަލް އާއި އަންނަތަރާގެ މެޗު 1-0 އިން އަނަންތަރާ ކާމިޔާބު ކުރުމުން ޓީމް ރޯޔަލް މުބާރާތުން ކަޓައި އަނަންތަރާ ސެމީއަށް ހިނގައްޖެއެވެ.
މި މެޗްގައި ހަމައެކަނި ޖެހި ލަނޑު އަނަންތަރާއިން ޖަހާފައިވަނީ ފުރަތަމަ ހާފްގެ 37ވަނަ މިނިޓްގައި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމަށްވެސް ހޮވުނު އަނަންތަރާގެ ޖާޒީ ނަންބަރު 7، ހުސެން ހަނާން އެވެ.
މި މުބާރާތުގައި ކުރީދުވަހު ކުޅެން ހަމަޖެހިފައި އޮތް ދުސިތުއާއި ވައްކަރުގެ މެޗަށް ވައްކަރު ހާޒިރު ނުވުމުން 3 ޕޮއިންޓާ ދެގޯލާ އެކު މެޗު ދުސިތުއަށް ލިބުނީ ކަމަށް ބެލުމުން ދުސިތު އޮތި ގްރޫޕްގެ އެންމެ ކުރީގައެވެ.
މުބާރާތުގެ ސެމީ ފައިނަލް މެޗްތައް މިއަދު ފަށާއިރު ސެމީގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ގްރޫޕް އޭގެ އެއްވަނަ ދުސިތު ތާނީ އާއި ގްރޫޕް ބީގެ ދެވަނަ އަންނަތަރާ ކިހަވައް ރިސޯޓެވެ. މެޗު ފެށުމަށް ހަމަޖެހިފައިވަނި ހަވީރު 4:15 ގައެވެ.