ސަލީމުގެ ޝުކުރު ދާއިރާގެ ރައްޔިތުންނަށް

142043_3_66aea04a300f0cbc8fe5343f930f339db43052a3_medium.jpg

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އޭދަފުށީ ދާއިރާ ، މިހާރުވެސް އެ ގޮނޑި ފުރުއްވަމުން ގެންދަވާ އޭދަފުށި ދެވިނަގޭ އަހުމަދު ސަލީމު ކާމިޔާބު ކުރެއްވުމާ ގުޅިގެން އޭދަފުށި ދާއިރާގައި ހިމެނޭ އޭދަފުށި، މާޅޮސް އަދި ހިތާދޫ ރައްޔިތުންނަށް ސަލީމު ޝުކުރު އަދާކުރައްވައިފި އެވެ. ސަލީމު ވިދާޅުވީ އޭނާއަށް ލިބިވަޑައިގަތް ކާމިޔާބީއަކީ ދާއިރާގެ ރައްޔިތުންގެ ހިތްތަކުގައި އޭނާ އާމެދު އޮތް ގާތްކަމާ ޚާލިސް ލޯބި ވަރަށް ރަނގަޅަށް ސާބިތު ކޮށްދިން ކަމެއް ކަމުގައެވެ.

“އަޅުގަނޑަށް ތިޔަ ދެއްވި އިތުބާރާ ޔަގީންކަން އަޅުގަނޑުގެ އަމަލުން ދައްކާނަން. ތިޔަބޭފުޅުންގެ ނިންމެވުން އަޅުގަނޑު ނުހަނު އިޚްލާސްތެރިކަމާއި ޝުކުރުވެރިކަމާއެކު މި ބަލައިގަންނަނީ ކުރިއަށް އޮތް ފަސް އަހަރަށް މި ދާއިރާގެ ތަރައްގީއާ ކުރިއެރުމުގެ އާ ވިސްނުންތަކަކާއެކު .ﷲގެ ވާގިފުޅާއެކު މި ދާއިރާގެ ކުރިއެރުމާ ތަރައްގީއަށް އަޅުގަނޑުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން މަސައްކަތް ކުރުމުގައި އަޅުގަނޑުގެ އިޚްލާސްތެރިކަން ދައްކާނަން.” ކާމިޔާބީގެ ހިތްހަމޖެހުމުގައި ހުންނަވައި ސަލީމު ވިދާޅުވިއެވެ.

ސަލީމު ވިދާޅުވީ މިފަހަރުގެ އިންތިޚާބުގައި އަޅުގަނޑާއެކު މަސައްކަތް ކުރެއްވި ކެމްޕޭން ޓީމަކީ ސިޔާސީ ހަޔާތުގައި އަޅުގަނޑު ތަޖްރިބާ ކުރި އެންމެ ކުޅަދާނަ އަދި ހިތްވަރު ގަދަ ޓީމް ކަމުގައެވެ.

“އަޅުގަނޑުގެ ރައްޓެހިންނާ މުޅި އާއިލާ ފްރޮންޓް ލައިނަށް ނުކުމެ ކުރެއްްވި ބުރަމަސައްކަތަކީ ވެސް މި ފުރުސަތުގައި އުފަލާއެކު ފާހަގަ ކުރަން ޖެހޭ ކަމަކަށް ވާތީ އެކަންވެސް ޝުކުރުވެރިކަމާއެކު ފާހަގަ ކުރަން.

ވަގުތީ ނަތީޖާދައްކާ ގޮތުން ސަލީމަށް ކަށަވަރުވެފައިވާ ވޯޓުގެ ޖުމްލަ އަދަދަކީ 1510 އެކެވެ. އެއީ 51 އިންސައްތަ ވޯތެވެ. އާއްޓޭއަށް ލިބިފައިވަނީ 1339 ވޯޓެވެ. އެއީ 45 އިންސައްތަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top