މާޅޮހު ނަރުދަމާގެމަސައްކަތް ފެށިދާނެކަމުގެ ފެހި ސިގްނަލް އެމްޕީ ސަލީމް ދެއްވައިފި

medium_104884-1.jpg

ބ. މާޅޮހުގެ ނަރުދަމާގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް 2017 ވަނައަހަރުގެ ބަޖެޓްގައި ހިމެނިފައިނެތަސް އެމަޝްރޫއު އަންނަ އަހަރު ފެށިދާނެކަމުގެ އުއްމީދު އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމު) ދެއްވައިފިއެވެ.

ދާއިރާގެ ތަރައްޤީގެ މަޝްރޫއުތަކާ ގުޅޭގޮތުން އޭދަފުށި ވޮއިސް އާ ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ މާޅޮހުގެ ނަރުދަމާގެ މަޝްރޫއު އަންނަ އަހަރުގެ ބަޖެޓްގައި ހިމެނޭތޯ ވަރަަށްބޮޑަށް މަސައްކަތް ކުރެއްވިކަމަށާ، އެހެންނަމަވެސް ދާއިރާތަކަށް މަޝްރޫއުތައް ހަމަޖެހިފައިވާ ގޮތުން އެކަން ކާމިޔާބު ނުވީކަމަށެވެ.

“ވަކި މިއަހަރަކުނޫން. މިދިޔަ ދެ އަހަރުވެސް ވަރަށް މަސައްކަތް ކުރިން އެކަމަށް. މިއަހަރު ބަޖެޓް ކޮމެޓީ ތެރޭގައި މާބޮޑަށް މަސައްކަތް ކުރިން ކޮންމެވެސް ދިމާލަކަށް ފައްތާލެވޭތޯ މިކަން. އެހެންނަމަވެސް އެކަން ކާމިޔާބެއް ނުވި.”

ސަލީމް ވިދާޅުވީ ބަޖެޓްގައި ނުހިމެނުނަސް މާޅޮހުގެ ނަރުދަމާގެ މަސައްކަތް އެހެން ދިމާލަކުން ކުރިޔަށް ގެންދެވިދާނެކަމުގެ އުއްމީދު ލިބިފައިވާކަމަށާ، ރައީސް ޔާމީންއާއި އެކަމުގެ މަޝްވަރާ ކުރެވެމުންދާކަމަށެވެ.

“ދެން އަންނަ ހަފްތާތެރޭގައި ރައީސްއާ އަޅުގަނޑު ބައްދަލުކޮށް ކޮންމެވެސް ދިމާލަކުން މިކަން ހަމަޖެހޭނެކަމަށް އަޅުގަނޑު އުއްމީދު މިކުރަނީ. ރައީސް ވިދާޅުވި ރަނގަޅު ގޮތެއް ވޭތޯ ބައްލަވާދެއްވާނެކަމަށް” ސަލީމް ވިދާޅުވިއެވެ.

މާޅޮހު ކައުންސިލުން ބުނާގޮތުން ހަސަތޭކައެއްހާ މީހުންގެ އާބާދީއެއް އޮތް މާޅޮހަކި މީރުފެންފަށަލަ ވަރަށްބޮޑަށް ހަލާކުވެ ފެން ތަޣައްޔަރުވުމުގެ މައްސަލަ ބޮޑު ރަށެކެވެ. އަދި ނަރުދަމާގެ ނިޒާމަކަށް ރައްޔިތުން އިންތިޒާރުކުރާތާ އެތައް ދުވަހެއް ވެފައިވާކަމަށްވެސް ކައުންސިލުން ބުނެއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top