ހޯމް ކަރަންޓީނުގައި ހުރި މީހަކު އޭދަފުށިން ޕޮޒިޓިވް ވެއްޖެ؟

DSCN9334-1.jpg

ބ.އަތޮޅު ހޮސްޕިޓަލުގައި ގާއިމްކޮށްފައި ހުންނަ ރީޖަނަލް ކޮވިޑް ސެންޓަރު--ފޮޓޯ :އީވީ

އޭދަފުށީގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.

ބ.އަތޮޅު ހޮސްޕިޓަލުން ބުނީ މިމީހާ ޕޮޒިޓިވް ވެފައިވަނީ ކަރަންޓީނުގެ މުއްދަތު ހަމަވުމަށް ފަހު ދޫކޮށްލުމަށް ހެދި ޓެސްޓުން ކަމަށެވެ. އެހެންވެ އެމީހާ އަދިވެސް ހުރީ ކަރަންޓީނުގައި ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

ރާއްޖޭގެ އެކި ހިސާބުތަކުން މި ބައްޔަށް ޕޮޒިޓިވް ވާ މީހުން އިތުރުވަމުން ދާއިރު ގިނައިން ޕޮޒިޓިވް ވަނީ މާލެއިން ރަށަށް އައިސް ކަރަންޓިނުގައި ތިބޭ މީހުންނެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ހުރި ގޮތް ކިޔައިދެއްވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މާލޭ ސަރަހައްދުގައި ހުރި ކޮވިޑް-19 އަށް ހާއްސަކޮށްފައިވާ އެނދުގެ 62 ޕަސެންޓު މިހާރު ވެސް ވަނީ ފުރިފަ ކަމަށެވެ. ހާލަތު އިތުރަށް ގޯސްވާނަމަ އަލުން ލޮކްޑައުން އަކަށް ދާންޖެހިދާނެ ކަމުގެ އިންޒާރު ވެސް އޭނާ ވަނީ ދީފަ އެވެ.

ރާއްޖޭގައި ކޮވިޑް ބަލިޖެހުނު މީހުންގެ އަދަދު މިހާރުވަނީ ހަތް ހާހާ ކައިރީގަ އެވެ. މިވަގުތު ކޮވިޑް ޖެހި ފަރުވާފައި ތިބީ 2531 މީހުންނެވެ. އެއީ 1968 ދިވެހިންނާއި 563 ބިދޭސީންނެވެ. ބަލި މީހުންގެ ތެރެއިން ވެންޓިލޭޓަރުގައި ފަރުވާ ދެނީ އަށް މީހަކަށެވެ. ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިގެން މަރުވެފައި ވަނީ 27 މީހުންނެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top