12އަހަރުން މަތީގެ ކުދިން މާސްކްއަޅަން ޑަބްލިޔުއެޗްއޯ އިން ލަފާދީފި.

UNI316131.jpg

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން އުމުރުން 12 އަހަރުން މަތީގެ ކުދިން މާސްކުއަޅަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ލަފާދީފި އެވެ.

ޑަބްލިއުއެޗްއޯ އިން ނެރުނު ގައިޑް ލައިންގައި ބުނީ ޑަބުލިޔުއެޗްއޯގެ ރަސްމީ ވެބްސައިޓުގައި ބުނެފައިވަނީ އުމުރުން 12 އަހަރާއި އަދި 12 އަހަރުން މަތީގެ ކުދިން ކޮވިޑް-19 އިން ރައްކާތެރިވުމަށް އަމަލުތައް ބަހައްޓަން ޖެހޭނީ ބޮޑެތި މީހުންނެކޭ އެއްފަދައިން ކަމަށެވެ. މިގޮތުން މިއުމުރުގެ ކުދިން ބޭރަށް ނިކުމެ އުޅޭ އުޅުމުގައި ގައިދުރުކަން ނުބެހެއްޓޭނަމަ އަދި ދިރިއުޅޭ މަހައުލަކީ ކޮވިޑް-19 ފެތުރޭ ސަރަހައްދެއްނަމަ ފޭސްމާސްކް އަޅަން ޖެހޭނެ ކަމަށެވެ.

އެކަމަކު ފަސް އަހަރުން މަތީގެ ކުޑަކުދިން މާސްކު އަޅަން ނުޖެހޭނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. އަދި އުމުރުން ހަ އަހަރާއި 11 އަހަރުގެ ކުދިންގެ ތެރެއިން މާސްކު އެޅުމުގައި އެ ކުދިން ދިރިއުޅޭ ސަރަހައްދުގައި ކޮރޯނާ ފެތުރެނީ ކިހާވަރަކަށްތޯ ބަލައި ހައި ރިސްކު މީހުންނާ ކޮންޓެކްޓް ވޭތޯ ބަލައި ހެދުމަށް ވަނީ ލަފާދީފަ އެވެ.

މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 22 މިލިއަން ހުރަސްކޮށްފައިވާއިރު، އޭގެ ތެރެއިން 800،000 އެއްހާ މީހުން ވަނީ އެބަލީގެ ޝިކާރައަކަށްވެފަ އެވެ. އަދި 23 މިލިއަނަށްވުރެ ގިނަ މީހުން މިހާތަނަށްވަނީ މިބައްޔަށް ޕޮޒިޓިވުވެފައެވެ. ކޮވިޑް-19ގެ ކޭސްތައް އެންމެ ގިނަ އަދަދަކަށް ރިކޯޑް ކުރެވިފައިވަނީ އެމެރިކާއާއި ބުރެޒިލްއާއި އިންޑިއާގައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top