ކެއަރޓްރަސްޓް ކްލިނިކްގެ ފަރާތުން އޭދަފުށީގައި މެޑިކަލް ކޭމްޕެއް

2015_prot_bloodpressure_hero-1.jpg

ކެއަރޓްރަސްޓް މަލްޓި ސްޕެސިއަލިޓީ ކްލިނިކްގެ ފަރާތުން އޭދަފުށީގައި މެޑިކަލް ކޭމްޕެއް ބާއްވަން ހަމަޖައްސައިފިއެވެ.

މި ހިނގާ ނޮވެމްބަރމަހުގެ 13 ވަނަ ދުވަހު އޭދަފުށީ “ފެންއާރު”ގައި ހިންގާ މި ކޭމްޕްގައި ބަލި މީހުން ބައްލަވާނީ މި ވަގުތު ރާއްޖޭގައި ތިއްބެވި ތަޖްރިބާ ކާރު މޮޅު ޑޮކްޓަރުން ކަމުގައިވާ ސްކޭން ޑޮކްޓަރ އިބްރާހީމް ރަޝީދުއާއި ކަށީގެ ބަލިތަކަށް ޚާއްސަ ، ޑޮކްޓަރ ހުސެން ފައިސަލް ގެއިތުރުން އެތެރެހަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރ ، ޑޮކްޓަރ އަހްމަދު އަޝްރަފް އެވެ.

ކަށީގެ ބަލިތަކަށް ޚާއްސަ ، ޑޮކްޓަރ ފައިސަލް ފަރުވާ ދެއްވާ ބަލިތަކުގެ ތެރޭގައި ހުޅު ދުޅަވުން، ހުޅު ބަދަލު ކުރުން، ހުޅު ބާރުވުން ، ރާއްޖެބަލި، ބުރަކަށީގައާއި އުނަގަނޑުގައި ރިއްސުމާއި މީގެ އިތުރުންވެސް ކަށްޓަށް ދިމާވާ ތަފާތު މައްސަލަތަކަށް ފަރުވާ ދިނުމަށް ހަމަޖެހިފައިވެއެވެ.

އެތެރެހަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރ ، ޑޮކްޓަރ އަހްމަދު އަޝްރަފް ފަރުވާ ދެއްވާ ބަލިތަކުގެ ތެރޭގައި ލޭމައްޗަށް ދިއުމާއި ހަކުރު ބަލި އަދި ބަނޑުގައި ވައިހެދުމުގެ އިތުރުން ތައިރޮޑް އާއި ކޮލޮސްޓްރޯލް މައްޗަށް ދިއުން ހިމެނެއެވެ.

މި ކޭމްޕްގައި ބައިވެރި ވުމަށް ބޭނުންވާ ފަރާތްތަކުން 3359001، 3359002، 7969001 އަދި 7897551 އާ ގުޅުއްވައިގެން ނަންނޯޓް ކުރެއްވުމަށް ކެއަރޓްރަސްޓް ކްލިނިކުން އެދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top