އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު ކަމަށް އޭދަފުށީ އިމާދު.

img_md_202008241122531598250173.9635.jpg

އަހުމަދު އިމާދު.

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު ކަމުގެ މަގާމަށް އައްޔަނު ކުރަން އޭދަފުށީ ދިޔަވަރު، އަހުމަދު އިމާދުގެ ނަން ، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

އަހުމަދު އިމާދުގެ ނަން ، ރައީސުލް ޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވަނީ މިއަދު އެވެ.

މި މައްސަލަ މާދަމާގެ ޖަލްސާއަށް މިހާރު ވަނީ އެޖެންޑާ ކޮށްފައެވެ.

އޭނާ މިހާރު ހުންނެވީ އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ ރިސާޗް އެންޑް ސްޓެޓިސްޓިކްސް ޑިވިޝަންގެ އެގްޒެކްޓިވް ޑިރެކްޓަރގެ މަގާމުގައެވެ.

އިމާދު ވަނީ ސައިންސް އިން އިކޮނަމިކްސް އެންޑް ފައިނޭންސްއިން މާސްޓާސް ހައްދަވާފައެވެ.

ސީއެމްޑީއޭގެ ބޯޑް މެމްބަރެއްގެ ގޮތުގައިވެސް މަސައްކަތްކުރައްވަމުން ގެންދަވާ އިމާދަކީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑްގެ މެންބަރެއްވެސް މެއެެވެ.

2010 ވަނަ އަހަރުން ފެށިގެން އިމާދު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމްއެމްއޭ ގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top