”ރާއްޖެ ވިއްކުމާ ދެކޮޅަށް “ އަންނަ ހުކުރު ދުވަހު އިހުތިޖާޖް ކުރަނީ.

PPM-Muzaaharaa.jpg

އިދިކޮޅުން މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން : ފޮޓޯ / ސަން

”ރާއްޖެ ވިއްކުމާ ދެކޮޅަށް “މި ނަމުގައި އަންނަ ހުކުރު ދުވަހު މާލެ ސިޓީ ނޫން އެހެން ހުރިހާ ރަށެއްގައި އިހުތިޖާޖް ކުރަން ނިންމައިފި އެވެ.

މި އިހުތިޖާޖް އާ ބެހޭ ގޮތުން އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެ”ރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، އިހުތިޖާޖް ކުރަން ނިންމީ ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ކަމަށެވެ.

އެގޮތުން ކޮވިޑާ ގުޅިގެން ސަރުކާރުން ކަންކަން ކުރަމުން އަންނަ ގޮތާއި ރާއްޖެ ދަރަނިވެރިވާނެ ގޮތަށް ގައުމުތަކުން އެތަކެއް ލޯނުތައް ނަގަމުން އަންނަ ކަމަށާއި ރާއްޖޭގެ މިނިވަންކަމަށް އަސަރު ކުރާ ގޮތަށް ސަރުކާރުން އަމަލު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

މި އިހުތިޖާޖް ކުރިއަށް ގެންދާނީ ހުކުރު ދުވަހުގެ ހަވީރު 4:00 އިން އިރުއޮއްސި 6:00 އާ ހަމައަށެވެ.

މިއީ ސިލްސިލާކޮށް ކުރިއަށް ގެންދަން ވިސްނާ އިހުތިޖާޖެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް މި ހަރަކާތްތައް ކުރިއަށް ދާނެ ކަމަށް އެ ކޯލިޝަނުން ބުންޏެވެ.

މާލެ ސަރަހައްދު ފިޔަވައި އެހެން ރަށްރަށުގައި ކުރިއަށްދާ އިހްތިޖާޖެއް ކަމަށް ވާތީ، މާލެ ސަރަހައްދުގައި ތިބި އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުންނަށް މި މުޒާހަރާއަށް ނުކުމެވެން ނެތް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

މި އިހުތިޖާޖުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އެ ކޯލިޝަނުން އެދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top