”ކްލަބް ކޮމްބިނޭޝަން“ގެ ރޯދަ ވީއްލުމެއް އަމާން ވެށި ކުދިންނަށް 

279276928_10159603037316211_1455376992992945611_n-1.jpg
އޭދަފުށި ކްލަބް ކޮމްބިނޭޝަން (ސީސީ) ގެ ފަރާތުން ބ. އަމާންވެށީ ގައި ދިރިއުޅޭ ކުދިންނަށް އިއްޔެ ރޯދަ ވީއްލުމެއް ދީފި އެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި މިކުދިންނަށް ”އޯގާތެރި ހިތަކާއެކު“ ޝިއާރުގެ ދަށުން ސީސީގެ ފަރާތުން ރޯދަވީއްލުމެއް ދީފާއިވާއިރު ރޯދަ މަހަށް މަރުހަބާ ކިއުމުގެ ގޮތުން ހަމަ މިކުދިންނަށް އެ ކްލަބްގެ ފަރާތުން ވަނީ ރޯދަ ހަދިޔާ ޕެކަކާއެކު މާހެފުމެއްވެސް ދީފައެވެ.
ސީސީ ގެ މި އެހީތެރިކަން ފާހަގަކޮށް މިފަދަ އުފާވެރި އާއިލީ މާހައުލެއް މިކުދިންނަށް ހޯދައި ދެއްވި ކަމަށްޓަކާ ޖެންޑާ މިނިސްޓްރީ އާއި ބ. ފެމިލީ އެންޑް ޗިލްޑްރަން ސާރވިސް ސެންޓަރ ގެ ފަރާތުން ސީސީ އަށް ވަނީ ނިހާޔަތަށް ޝުކުރު ދަންނަވާފައެވެ.
ސީސީ އިން ބުނީ ބ. އަމާންވެށީ ކުދިންނާއެކު އަބަދުވެސް އެ ކްލަބް ދެމިއޮންނާނެ ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް މިފަދަ އެހީތައް ވެދިނުމުގައި ދެމިތިބުމަކީ ކްލަބްގެ އުފަލެއްކަމުގައެވެ.
މީގެ އިތުރުން އޭދަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން މި ރޯދަމަހު ބޭއްވި މަދަހަ މުބާރާތުގެ މެއިން ސްޕޮންސަރަކީވެސް ސީސީ އެވެ. އެކްލަބުން ވަނީ ބ.އަތޮޅުގެ ބައެއް ރަށްރަށަށް ސެނިޓައިޒާ ފުޅިތަކެއްވެސް ހަދިޔާ ކޮށްފައެވެ. 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top