ބ.އަތޮޅުގެ ތިިން ރަށެއްގައި ފުޓްބޯޅަ ދަނޑު އަޅަނީ

ExkKEp5VIAw4yK8.jpg

ބ.ދަރަވަންދު އާއި ތުޅާދުއާއި ކެންދޫ ގައި އަޅާ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް އެންޕަވަޔަމެންޓް ގައި މިއަދު މި މަސައްކަތް ހަވާލު ކުރުމަށް އޮތް ރަސްމިއްޔާތުގައި އެއްބަސް ވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ އެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ ކޯޕަރޭޓް އެފެއާޒް އަހުމަދު ޝުހާދު އެވެ.

‎ދަރަވަންދުއާއި ތުޅާދޫ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް އެޅުމަށް އެއްބަސްވެފައިވަނީ ކޮންމެ ދަނޑެއް 2.2 މިލިއަން ރުފިޔާއަށެވެ. ކެންދޫ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް އެޅުމަށް އެއްބަސްވެފައިވަނީ 1.6 މިލިއަން ރުފިޔާއަށެވެ.

މިއަދު ސޮއި ކުރެވުނު ތިން ރަށުގެ ދަނޑުތައް ވެސް މަސައްކަތް ފަށާތާ 35 ދުވަހުގެ ތެރޭގައި ނިންމުމަށް ކޮންޓްރެކްޓް ހެދިފަރާތުން އެއްބަސްވެފައިވާ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ބުނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top