ހިތާދޫ ފެނަށްޖެހިއްޖެ. 42000 ލިޓަރު ފެން ބޭނުންވޭ – ކައުންސިލް

HITaDu.jpg

ބ. ހިތާދޫ / ފައިލް ފޮޓޯ

ބ. ހިތާދޫގައި ބޯން ބޭނުންކުރާ ފެން ހުސްވަމުންދާތީ، އެރަށު ކައުންސިލުން ޕްލާންޓް ފެނަށް އެދިއްޖެއެވެ.

ހިތާދޫ ކައުންސިލުން ބުނީ އެރަށުގެ އާންމު ފެންތާނގީތަކުގައި މިވަގުތު ހުރީ ހައެއްކަ ދުވަހަށް ވާވަރުގެ ފެން ކަމަށާ، މިހަފްތާތެރޭގައި ފެން ބޭނުންވާނެކަމަށެވެ. ހިތާދޫ ކައުންސިލްގެ ނާއިބްރައީސް މުހައްމަދު ހަސަން ވިދާޅުވީ ފެނުގެ ސޮޓޮކް ހުރިގޮތަށް ބާލާއިރު މިވަގުތަށް 42000 ލިޓަރުގެ ފެން ބޭނުންވާކަމަށް ސަރުކާރުގައި ދަންނަވާފައިވާކަމަށެވެ.

“ރައްޔިތުންގެ ތާނގީތަކުގައި ހުރިފެން މިހާރު ދެން ހުސްވުމަކާ ދާދިގާތަށް އެހުރީ ގޮސްފަ. ހައެއްކަ ދުވަހުވެސް ހިޔެއްނުވޭ ފެން ދޫކުރެވިދާނެހެނެއް. އާންމުންގެ ގޭގެއިންވެސް ވާރޭވެން ހުސްވަމުންދާކަމުގެ މައުލޫމާތު ވަނީ ލިބިފައި. އެހެންކަމުން ރައްޔިތުން ތާނގީތަކަށް ޕްލާންޓްފެން އަޅަން އަޅުގަނޑުމެން އެދިގެން މިއުޅެނީ. ފެނަކައަށް ވާނީ މިހާރު މެސެޖް ޖަހާފައި. ޕްލާންޓް ފެނަށް” މުހައްމަދު ވިދާޅުވިއެވެ.

މުހައްމަދު ވިދާޅުވީ ފެނަށްޖެހުމުގެ މައްސަލަ ކުރިމަތިވެގެން މިދިޔަ އަހަރުވެސް އެރަށަށް ސަރުކާރުން ގިނަ އަދަދަކަށް ޕްލާންތްފެން ފޯރުކޮށްދިން ކަމަށެވެ. އޭނާ ވިދާޅުވީ މިމައްސަލަ ބޮޑަށް ދިމާވަނީ ވާރޭވެހުން ދުރުވުމާއި، ހޫނުގަދަވުމާވެސް ގުޅިގެން ކަމަށެވެ.

ހިތާދޫގެ އިތުރުން ބ. އަތޮޅުގެ އެހެނިހެން ބައެއް ރަށްރަށުންވެސް ފެނަށް ޖެހިގެން ސަރުކާރުން މީގެ ކުރިން ފެން ފޯރުކޮށްދީފައިވެއެވެ. އެގޮތުން މިއަހަރު ބ. ކެންދުއާ، ކިހާދުއަށްވަނީ ޕްލާންޓްފެން ފޯރުކޮށްދީފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top