ތައުލީމީ މަރުކަޒުގެ ޕްލޭ އޭރިއާގައި ފެންސް ޖަހައިފި

DSCN3544.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރައިމަރީ ގްރޭޑްތަކުގެ ދަރިވަރުން “ޕްލޭ އޭރިއާ “އެއްގެ ގޮތުގައި ބޭނުންކުރާ ސަރަހައްދުގައި ފެންސް ޖަހައިފިއެވެ. ބ.އަތޮޅު ތައުލީމީ މަރުކަޒުނ ބުނީ މިދިޔަ މަހު ޑެނިކޯން ކޮމްޕެނީއާ ހަވާލުކޮށްގެން ކުރި މިމަސައްކަތް ނިމުނި މި ދިޔަ ހަފްތާގެ ތެރޭގައި ކަމަށެވެ. ތައުލީމީ މަރުކަޒުގެ ސްކޫލް އެޑްމިނިސްޓްރޭޓަރ އަހްމަދު އަލީ ވިދާޅުވީ ހަތްދިހަ ހާހަށްވެރެ ގިނަ ފައިސާ ޚަރަދުކުރި މި ޕްރޮޖެކްޓްގެ ސަބަބުން ޕްލޭ އޭރިއާގެ ރައްކާތެރިކަން އިތުރުވެގެން ދާނެކަމަށެވެ.

“ބެލެނިވެރިންގެ ޝަކުވާއެއް އެތަނުގައި ފެންސް ނެތުމަކީ ، އަނެއްކާ އަޅުގަނޑުމެންނަށްވެސް ބަލަހައްޓަން ދަތި އެތަން ހާމައަށް އޮންނާތީ. މިހާރު ރައްކާތެރިކަން ބޮޑުވާނެ. “

އަހްމަދު އަލީ ވިދާޅުވީ ޕްލޭއޭރިއާ އިތުރަށް ތަރައްގީ ކުރުމަށް މި އަހަރު ވެސް އެޑިއުކޭޝަން އާއި ބެލެނިވެރިން ގުޅިގެން މަސައްކަތް ކުރާނެކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top