ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މައިހޮޅި ވަޅުލައިފި

big_dxrxAhe9jXa4dluTTWIPzziV3.jpg

ބ. ގޮއިދޫގައި ގާއިމްކުރާ ފެނާއި ނަރުދަމާ ނިޒާމުގެ މައިހޮޅި ވަޅުލުމުގެ މަސައްކަތް ނިންމާލައިފިއެވެ.

ސަރުކާރުން މި މަޝްރޫއު ހަވާލު ކޮށްފައިވަނީ މޯލްޑިވްސް ވޯޓާ އެންޑް ސެނިޓޭޝަން އޮތޯރިޓީ (އެމްޑަބްލިއުއެސްސީ )އާއެވެ.

އެކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން އެރަށުގައި ވަޅުލަންޖެހޭ މައިހޮޅި އިއްޔެ ވަޅުލައި ނިމި މިހާރުވަނީ ޓެސްޓު ކުރުމުގެ ގޮތުން 17 ގެއަކަށް ކަނެކްޝަން ގުޅައިދީފައި ކަމަށެވެ.

އަދި މިހާރު ކުރިއަށް ދަނީ މަގުމަތީގައި ހަދާ ޖަންކްޝަންތައް ހެދުމާއި ފެނުގެ ވިއުގައިގެ މަސައްކަތާއި އާރުއޯ ބިލްޑިންގްގައި ކުރަންޖެހޭ މަސައްކަތްތައް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ގޮއިދޫގައި 15.9 ކިލޯމީޓަރުގެ ފެނުގެ ވިއުގައާއި 8.7 ކިލޯމީޓަރުގެ ނަރުދަމާގެ ވިއުގައެއް ގާއިމްކުރުމާއެކު ގޭބިސީތަކާއި ސަރުކާރު އޮފީސްތަކާއި ގެސްޓްހައުސްތައް ހިމެނޭގޮތަށް 153 ކަނެކްޝަން ގުޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މަސައްކަތް ކުރިއަށް ދާއިރު އިތުރު ކަނެކްޝަންތަކެއް ގުޅަން ޖެހިއްޖެނަމަ އެކަންވެސް ކޮށްދެއްވާނެކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ ހަސަން ޝާހު ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން މި މަސައްކަތް އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްފައިވަނީ 46 މިލިއަން ރުފިޔާއަށް 2019ވަނަ އަހަރުއެވެ.

އަށްސަތޭކަ މީހުން ގެ އާބާދީ އެއް އޮތް ބ.ގޮއިދޫއަކީ ބ.އަތޮޅުގައި އޮތް އެންމެ ބޮޑުރަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top