ރެޑްވޭވް ކުންފުނިން ކްލަބް އޭދަފުއްޓަށް ބައިލައްކަ ރުފިޔާ ހަދިޔާ ކޮށްފި

48360880_575309426248415_2676007553053229056_n.jpg

ފޮޓޯ :ކްލަބް އޭދަފުށި

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމުގެ ރެޑްވޭވް ކުންފުނިން، ކްލަބް އޭދަފުއްޓަށް ބައިލައްކަ ރުފިޔާ ހަދިޔާ ކޮށްފިއެވެ.

މިފައިސާ މިއަދުގެ ވަގުތެއްގައި ރެދްވޭވްގެ ފަރާތުން އެކްލަބަށްވަނީ ހަވާލު ކޮށްފައެވެ.

ކްލަބް އޭދަފުށީގެ ފުޓްބޯޅަ ޓީމް މިވަގުތު ތިބީ ރާއްޖޭގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަމުބާރާތުގެ މެޗްތައް ކުޅުމަށް މާލޭގައެވެ.

މިއެހީއަކީ އެޓީމު މި ވަގުތު އެޓީމް މާލޭގައި ތިބެން ޖެހުމާއެކު ކުރަން ޖެހޭ ބޮޑު ޚަރަދަށް ލުއެއް ދިނުމުގެ ގޮތުން ވެދިން އެހީއެއް ކަމަށް ރެޑްވޭވް ކުންފުނިން ބުނެއެވެ.

ރެޑްވޭވް ކުންފުންޏަކީ އޭދަފުށީގެ ކުޅިވަރަށް ޚާއްސަކޮށް ގިނަ އެހީތަކެއް ވެދެމުން އަންނަ ކުންފުންޏެކެވެ. އޭދަފުށީގައި ކޮންމެ އަހަރަކުވެސް އެކި ނަންނަމުގައި ބާއްވަމުން އަންނަ ފުޓްބޯޅަ މުބާރާތް ތަކާ އެހެނިހެން މުބާރާތް ތަކަށްވެސް އެންމެ ދީލަތި ކަމާއެކު އެހީވަމުން އަންނަ ފަރާތަކީ ރެޑްވޭވް ކުންފުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top