އެޕްރީލް މަހުންފެށިގެން ކާޑުގެ އަގު ހެޔޮވާނެ -ރައީސް

101281779.jpg

އަންނަ އޭޕްރީލް މަހުން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ކާޑުގެ ބާވަތްތައް އަގު ހެޔޮވެގެން ދާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި އިއްެވެވި ރިޔާސީ ބަޔާނުގައެވެ.

“އެގޮތުން މާލެއެކޭ އެއް އަގެއްގައި، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް، އެޕްރީލް މަހުން ފެށިގެން ކާޑުގެ އަގު ހެޔޮވެގެންދާނެ. އޭރުން މާލެއާ އެއް އަގެއްގައި ހުރިހާ ރަށަކުންވެސް ކާޑުގެ ބާވަތްތައް ގަންނަން ލިބޭނެ،” ރައީސް ވިދާޅުވިއެވެ.

މާލެ އާއި އަތޮޅު ތެރޭގެ ރަށްރަށުގައި ވިއްކާ ކާޑުގެ ބާވަތްތަކުގެ އަގު އެއްވަރު ކުރައްވާނެކަމަށް ރައީސް އިއުލާނު ކުރައްވާފައިވާއިރު ކާޑުގެ ބާވަތްތަކުގެ އަގު ހެޔޮކުރަން މި އަހަރުގެ ބަޖެޓުގައިވެސް ވަނީ ހިމަނައިފައެވެ. އެގޮތުން ކާޑުގެ ބާވަތްތައް ސަބްސިޑައިޒްކުރުމަށް 230 މިލިއަން ރުފިޔާ މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވެއެވެ.

ކާޑުގެ ބާވަތްތައް ރާއްޖޭގައި ވިއްކަނީ ސަރުކާރުން ކަނޑައަޅާފައިވާ ކޮންޓްރޯލު އަގެއްގައެވެ. ނަމަވެސް އެކި ސަރަހައްދުތަކުގައި ވިއްކާ އަގު ތަފާތެވެ. މިއަގު ކަނޑައަޅަނީ ނާލާއި މަޖޫރީ އަދި ފައިދާ ހިމަނައިގެންނެވެ.

މާލޭގައި މިހާރު، ހަނޑޫ ކިލޯއެއް ވިއްކަމުން އަންނަނީ ތިން ރުފިޔާ ނުވަދިހަ އަށް ލާރިއަށެވެ. އަދި ހަކުރު ކިލޯއެއް ހަތަރު ރުފިޔާއަށް ވިއްކަމުން އަންނައިރު ފުށް ކިލޯއެއް ވިއްކަމުން އަންނަނީ ދެ ރުފިޔާ ނުވަދިހަ އަށް ލާރިއަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top