ކައުންސިލަރުން ހުވާކުރުން އޮތީ ކުޑައީދަށް ފަހު

large_161807525939DUbE.jpg

"ލޯކަލް ކައުންސިލް އިންތިހާބު 2020"ގެ ވޯޓުލުމަށް ފަހު މާލޭގައި ވޯޓުގުނަން ފެށުން -- ފޮޓޯ ؛ ސަން

އަލަށް އިންތިޚާބުވި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް އިންތިޚާބުވި ފަރާތްތައް ހުވާކުރާނީ ކުޑައީދު ބަންދަށް ފަހު ސަރުކާރު ހުޅުވާ ހަފްތާގައި ކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފި އެވެ.

އެލްޖީއޭގެ އޮފިޝަލަކު ވިދާޅުވީ ކައުންސިލަރުން ހުވާކުރުމަށް މިވަގުތަށް ހަމަޖައްސާފައިވާ ވަގުތީ ތާރީޚަކީ މެއިމަހުގެ 18ވަަނަ ދުވަސް ކަމަށެވެ.

“މިއަދު އެބައޮތް އެލްޖީއޭގެ ބޯޑު މީޓިންއެއް. އެ މީޓިންގައި ކައުންސިލަރުން ހުވާކުރާނެ ދުވަސް ފައިނަލް ކުރެވިގެން ދާނީ،” އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ މީގެކުރީގެ ދައުރުތަކުގައި އެކި ކައުންސިލަރުން ހުވާކުރީ އެކި ތާރީހު ތަކުގައި ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ދައުރަށް ހުރިހާ ކައުންސިލަރުން ހުވާކުރާނީ އެއް ދުވަހަކު ކަމަށްވެސް ވިދާޅުވި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާންކޮށް ނިމޭނީ މާދަމާގެ ވަގުތެއްގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އަދި ގާނޫނުގައިވާ ގޮތަށް ކައުންސިލް އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރާނެ ކަމަށްވެސް ކޮމިޝަނުން މައުލޫމާތުދެ އެވެ.

ކައުންސިލް އިންތިހާބުގައި އެންމެ ގިނަ ކައުންސިލަރުން ހޮވުނީ އެމްޑީޕީން ކަމަށްވިޔަސް އެ ޕާޓީއަށް ތާއީދު ބޮޑެތި ރަށްތަކާއި މާލެ ސިޓީގެ މެޖޯރިޓީ ވަނީ ގެއްލިފަ އެވެ. ވަގުތީ ނަތީޖާ ތަކަށް ބަލާއިރު މާލޭގެ މޭޔަރުކަމާއި ކައުންސިލްގެ މެޖޯރިޓީ ހޯދީ ޕީޕީއެމް އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top