ރަސްމީ ދަތުރުފުޅުތަކުގެ ޚަރަދުތައް ހާމަކުރައްވަން ނިންމަވައިފި

b_TqnwXgzkFJg0GYlkyH2OF2yvu.jpg

ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ތުރުކީއަށް ފުރާވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ރަސްމީ ދަތުރުފުޅުތަކަށް ދައުލަތުގެ ބަޖެޓުން ހިނގާ ޚަރަދުތަކުގެ މައުލޫމާތު ކޮންމެ ދަތުރުފުޅެއް ނިމޭތާ 15 ދުވަހުގެ ތެރޭގައި ހާމަކުރައްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް މިގޮތަށް ނިންމެވީ، އެމަނިކުފާނު ރައީސްކަމުގެ ހުވާކުރެއްވިތާ ކުޑަ ދުވަސްކޮޅެއްގެތެރޭގައި ދައުލަތުން ޚަރަދުކޮށްގެންގިނަ ދަތުރުތަކެއް ކުރާކަމަށް ބުނެ ބައެއް ފަރާތްތަކުން ފާޑުކިޔަމުން ދަނިކޮށެވެ. އެގޮތުން ވެރިކަމުގެ އެންމެކުރީކޮޅު ތުރުކީ ވިލާތަށާއި، ޔޫއޭއީއަށް ރައީސް ދަތުރުކުރައްވާފައިވެއެވެ.

ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ޚަލީލް މިއަދު މީޑިއާތަކަށް ވިދާޅުވީ، ރައީސް އެގޮތަށް ނިންމެވީ ރަސްމީ ދަތުރުފުޅުތަކުގެ މައުލޫމާތު ހޯދަން އަބަދުވެސް ނޫސްވެރިން މަސައްކަތް ކުރަންޖެހޭކަން ރައީސަށް އެނގިވަޑައިގަންނަވާތީ ކަމަށެވެ.

”ރައީސް ނިންމެވީ ކޮންމެ ރަސްމީ ދަތުރުފުޅެއް ނިމޭތާ 15 ދުވަސް ތެރޭގައި ޚަރަދުގެ ތަފުސީލު ހާމަކުރެއްވުމަށް،”“ ޚަލީލް ވިދާޅުވިއެވެ.

ރައީސްގެ ރަސްމީ ދަތުރުފުޅުތަކުގެ ޚަރަދުތައް ހާމަ ކުރައްވަން ރައީސް ނިންމެވި އިރު، އެ މަނިކުފާނާއި ސަރުކާރުގެ އިސް ވަފުދެއް ތުރުކީ ވިލާތަށް މިދިޔަ ހަފްތާ ކުރެއްވި ދަތުރުފުޅަށް އަށް މިލިއަން ރުފިޔާ ޚަރަދުވެފައިވާކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top