ފެހެންދޫ ބަނދަރުގެ ބްރިޖް ބީމްގެ ކޮންކްރީޓް މަސައްކަތަ ފަށައިފި

fehendhoo.jpg

ބ. ފެހެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރެވެމުން ދަނީ ބްރިޖް ބީމްގެ ކޮންކްރީޓް މަސައްކަތްތައް ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.

އެ މަޝްރޫއުގެ ދަށުން 18،500 ކިއުބިކް މީޓަރުގެ ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަހައްދު ފުންކުރުމާއި، 25،000 ކޮޑިމީޓަރުގެ ނެރަށް ވަންނަ ސަރަހައްދު ފުންކުރުމާއި، 214 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 130 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުން ފަދަ މަސައްކަތްތައް ކުރާނެ އެވެ.

މީގެ އިތުރުން 282 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، މަގުބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ އިތުރުން، 558 އަކަ މީޓަރު ސަރަހައްދެއްގައި ޕޭމަންޓް ހަދާނެ އެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާއި 45.1 މިލިއަން ރުފިޔާ އަށް ހަވާލުކުރި އެ މަޝްރޫއު މޮބިލައިޒް ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރުގެ 10 ގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top