އެމްޕީ ސަލީމް، އޭދަފުށީ ބޮޑުމިސްކިތުގައި ނޮވިލޯން އަޅައިދެނީ

DSCN5390.jpg

އެމްޕީ ސަލީމް އޭދަފުށީގައި --އީވީ ފައިލް ފޮޓޯ

އޭދަފުށީ ދާއިރާގެ މަޖްލިސް މެންބަރު އަހުމަދު ސަލީމް، އޭދަފުށީ މަސްޖިދު މުއީނުންދީން (ބޮޑު މިސްކިތް) ގައި ނޮވިލޯން އަޅައިދޭން ނިންމަވައިފިއެވެ.

ކޮވިޑް އާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިސްކިތްތަކުގައި އަޅާފައިވާ ކާޕެޓް ތަކުގެ މަތިން ތަރަފާލު އެޅުމަށް ސަރުކާރުން އަންގަވާފައިވާތީ މި މިސްކިތުގައިވެސް ވަނީ ކާޕެޓްގެ މަތިން އާދައިގެ ތަރަފާލު އަޅާފަ އެވެ. މިހާރު އެ ތަރަފާލުތައް ވެސް ވަނީ ބަދަލު ކުރަން ޖެހޭ ވަރަށް ހަލާކު ވެފައެވެ.

ސަލީމް ވިދާޅުވީ ކޮވިޑްގެ މި ހާލަތުގައި ސިއްހީ ގޮތުން ބަލާއިރު އެންމެ ރައްކާތެރި އަދި ދެމެހެއްޓެނިވި ގޮތަކަށް އަވަސް އަވަހަށް ބަދަލު ނުކުރެވި ވާން އޮތް ހަމައެކަނި ގޮތަކީ ނެވިލޯން އެޅުންކަމަށް މައުލޫމާތު ލިބިވަޑައިގެންފައި ވާކަމަށެވެ.

“އެހެންވެ ރަށުގެ ކައުންސިލުގެ މަޝްވަރާއާވެސް އެކު މިސްކިތުގައި ނެވިލޯން އަޅައިދޭން މި ނިންމީ. ” ސަލީމް ވިދާޅުވީއެވެ.

ސަލީމް ވިދާޅުވީ އެމަސައްކަތް މިހާރު ހިނގަމުން އެބައަންނަ ކަމަށެވެ.

“އަގު އުޅެނީ ތިން ލައްކައާއި އާއި ހަތަރު ލައްކަ އާއި ދެމެދު ކަމަށް ލަފާ ކުރެވެނީ. ޑުބާއީ އަށް އޯޑަރު ކޮށްގެން އެމަސައްކަތް މިހާރު އެބަ ހިނގާ” ސަލީމް އިތުރަށް ވިދާޅުވި އެވެ.

އެމްޕީ ސަލީމް އޭދަފުށީ ބޮޑުމިސްކިތުގައި ނޮވިލޯން އަޅައިދޭން ނިންމަވާފައި ވާއިރު މި މިސްކިތް އެއާކޯން ކޮށްދެއްވާފައި ވަނީވެސް އެމަނިކުފާނު ކަން ފާހަގަ ކުރެވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު ކަމުގައި އެމްޕީ ސަލީމް ތިންވަނަ ދައުރު ފުރިހަމަ ކުރައްވަމުން ގެންދަވާއިރު ސަލީމް ވަނީ ދާއިރާގެ ތަރައްގީއަށާއި ކުރިއެރުވުމަށް ބޮޑެތި އެހީތަކެއް ވެދެއްވާފަ އެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު