ރިޔާސީ އިންތިޚާބަށް މުވައްޒަފުން ހޯދަނީ

large_155454388158IZGa-1.jpg

މި އަހަރު ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބާ ގުޅޭ އާ މަގާމު ތަކަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން އިއުލާނު ކޮށްފި އެވެ.

ރިޔާސީ އިންތިހާބު 2023 އާ ގުޅިގެން ކޮމިޝަނުގެ އެކިއެކި މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދަން މީގެ ކުރިންވެސް އީސީން އިއުލާނު ކުރިއެވެ.

އެ އިއުލާނުގައި ވާގޮތުން އީސީއަށް ކޮމްޕެއިންސް ބިޔުރޯ މެންބަރު، މެނޭޖަރ، މީޑިއާ އޮފިސަރ، ސީނިއަރ އޮފިސަރ، ގެރްފިކްސް ޑިޒައިނަރ، ޕޯޓޯގްރާފަރ، އޮފިސަރ، ޓެކް އޮފިސަރ، މަސައްކަތު، ސެކިއުރިޓީ އޮފިސަރ، ޑްރައިވަރު ސަޕޯޓް އޮފިސަރ، ވޯޓޫލާ މަރުކަޒުގައި ހަރަކާތްތެރިވާ އޮފިޝަލުން ހޯދަން އިއުލާނު ކޮށްފައި ވެއެވެ.

އިންތިޚާބުގެ މަސައްކަތްތަކަށް ބޭނުންވާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތާއި އިންޓަވިއު އޮތީ މެއި 21 އަދި 22 ވަނަ ދުވަހު ހެނދުނު 10:00 އިން ރޭގަނޑު 20:00 އަށް ދަރުބާރު ގޭގައެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު އޮންނާނީ ސެޕްޓެމްބަރު ނުވައެއްގަ އެވެ. ދެވަނަ ބުރަކަށް ދާން ޖެހިއްޖެނަމަ އޮންނާނީ އެ މަހުގެ 30 ގައެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ އާންމުކޮށް އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top