ދިރިއުޅޭ ރަށްރަށުން ބިން ކުއްޔަށް ދިނުމުގެ ވިސްނުން އެބަހުރި: އަސްލަމް

sqtdf97nsl3rhnbqgjofbgkpiw1aja4oicp0cim0.jpeg

މިނިސްޓަރު އަސްލަމް

މީހުން ދިރިއުޅޭ ރަށްރަަށުގެ ބިމުން 33 އިންސައްތަ، 50 އަހަރާއި 99 އަހަރާ ދެމެދުގެ މުއްދަތަށް ކުއްޔަށް ދޭން ހުއްދަ ދިނުމުގެ ވިސްނުން ސަރުކާރުގެ އެބަހުރި ކަމަށް ޕްލޭނިން މިނިސްޓަރު އަހުމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އަސްލަމް ވިދާޅުވީ ބިން ކުއްޔަށް ދޭނެ 25 ރަށެއްގެ ތަފްސީލް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކާ ހިއްސާކުރައްވާފައިވާ ކަމަށެވެ. އެ ރަށްތަކުގެ 33 އިންސައްތަ ކުއްޔަށް ދީގެން 1.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރެވިފައިވާ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

އެ މަސައްކަތާ މެދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކަރުދާހަކީ މަޖިލީހުން ބަލައިގަތް މަސައްކަތެއް ކަަމަށް ވެސް އަސްލަމް ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ އެގޮތަށް ރަށްރަށުގެ 33 އިންސައްތަ ކުއްޔަށް ދޭ އިރު ދިވެހިން ނޫން މީހުންނަށް ވެސް ދެވިދާނެ ކަމަށެވެ.

އަސްލަމް ވިދާޅުވީ އެ ބިންތައް ކުއްޔަށް ދިނުމަށް މިހާރު ގާނޫނީ ހުރަހެއް ނެތް ކަމަށާއި، އެ ބިންތައް ކުއްޔަށް ދީގެން ލިބޭނެ އާމްދަނީ އަންދާޒާ ކުރުމަށް ހިސާބު ޖަހާފައިވަނީ ވަރަށް ކުޑަ އަގެއް ހިމަނަައިގެން ކަމަށެވެ. އެފަދަ ބިންތައް ދޫކުރުމުގައި ކައުންސިލްގެ ދައުރު ބޮޑުވާން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top